އެމެރިކާގެ ރައީސް ޖޯ ބައިޑެން

ރިޔާސީ އިންތިޚާބަށް ކުރިމަތި ނުލައްވާނެކަމަށް ބައިޑެން އިޢުލާންކުރައްވައިފި

ހޯމަ 22 ޖުލައި 2024 | އަހުމަދު ދާއޫދު

އެމެރިކާގެ ރައީސް ޖޯ ބައިޑެން 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރައްވާނެކަން އިޢުލާންކުރައްވައިފިއެވެ. މި އިޢުލާން ކުރެއްވީ ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރުންތަކެއް ބައިޑެން އިސްތިއުފާ ދިނުމަށް ގޮވާލުމަށް ފަހުގައެވެ.

Advertisement


ބައިޑެން ވިދާޅުވީ، "ތިޔަ ބޭފުޅުންގެ ރައީސްގެ ގޮތުގައި ޚިދުމަތްކުރުމަކީ އަޅުގަނޑުގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝަރަފެއް. އަދި އަޅުގަނޑުގެ ނިޔަތަކަށްވީ އަލުން އިންތިޚާބަށް ކުރިމަތިލުން ނަމަވެސް، އަޅުގަނޑުގެ ޕާޓީއާއި ޤައުމުގެ މަސްލަހަތަށްޓަކައި އެންމެ ރަނގަޅީ އަޅުގަނޑު މި ވާދައިން ތަނާޒުލުވެ، ދައުރު ނިމެންދެން ރައީސްގެ ގޮތުގައި އަދާކުރަންޖެހޭ ވާޖިބުތަކަށް އެކަނި ސަމާލުކަން ދިނުންކަމުގައި އަޅުގަނޑު ދެކެން" ކަމަށެވެ.

ޑިމޮކްރެޓިކް ޕާޓީގެ ވޯޓަރުންގެ ތެރެއިން ގިނަ ބަޔަކު ބައިޑެންއަށް ތާއީދުކުރި ނަމަވެސް، ޕާޓީގެ އިސް މެންބަރުން ވަނީ ބައިޑެން އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ. މިކަމާ ގުޅިގެން ވައިޓް ހައުސްއިން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ބައިޑެން މި ނިންމުން ނިންމެވީ ޤައުމުގެ މަސްލަހަތަށްޓަކައި ކަމަށެވެ.

މި ނިންމުމާއެކު، 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީން ކުރިމަތިލާނެ ކެންޑިޑޭޓަކާ މެދު ސުވާލު އުފެދިފައިވެއެވެ. އަދި މި ނިންމުމުގެ ސަބަބުން އެމެރިކާގެ ސިޔާސީ މަޝްރަހުގައި ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.