ތިނަދޫގައި މުޒާހަރާ ކުރުން

ބަންގްލަދޭޝް މީހުންގެ މުޒާހަރާއާ ގުޅިގެން ބަންދުކުރެވުނު ބިދޭސީން ޑީޕޯޓުކުރަން ނިންމައިފި

ބުރާސްފަތި 25 ޖުލައި 2024 | އަހުމަދު ދާއޫދު

ބަންގްލަދޭޝްގެ ދާޚިލީ މައްސަލައަކާ ގުޅިގެން ރާއްޖޭގައި ބޭއްވި މުޒާހަރާ ރޭވުމުގައި އުޅުނު ބިދޭސީން ބަންދުކޮށް، ޑީޕޯޓުކުރާނެ ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

Advertisement


ބަންގްލަދޭޝްގެ ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ނެގުމުގައި ގެންގުޅޭ އުސޫލާ ދެކޮޅަށް ފެށި މުޒާހަރާތަކަށް ތާއީދުކޮށް، ގދ. ތިނަދޫގައި ދިރިއުޅޭ ބިދޭސީންތަކެއް މިދިޔަ ބުރާސްފަތި ދުވަހު މުޒާހަރާކޮށްފައިވެ އެވެ. މިނިސްޓަރު އިހުސާން ވިދާޅުވީ މި މުޒާހަރާ ރޭވުމުގައި އުޅުނު މީހުން ހައްޔަރުކޮށް، ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ބިދޭސީންނަށް ރާއްޖެ އައިސް ސިޔާސީ މަސައްކަތެއް ނުކުރެވޭނެ. ވިސާ ވައިލޭޝަނެއް އެއީ،" އިހުސާން ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގައި މުޒާހަރާކުރި ބަންގްލަދޭޝްގެ 57 މީހަކު ދިގު މުއްދަތަށް ޖަލަށް ލުމަށް އެ ގައުމުގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. އޭގެ ތެރެއިން 53 މީހަކު 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރި އިރު ދެން ތިބި މީހުންގެ މައްޗަށް އެއް އަހަރާއި 11 އަހަރާ ދެމެދުގެ ޖަލު ހުކުމް ވަނީ އިއްވައިފައެވެ.

ބަންގްލަދޭޝްގައި މި މައްސަލައާ ގުޅިގެން ފެށުނު މުޒާހަރާތައް ހޫނުވެ، މިހާތަނަށް 170 އެއްހާ މީހުން ވަނީ މަރުވެފައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.