ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި

ހއ. އަތޮޅުން ފުވައްމުލަކާ ހަމައަށް މޫސުން ގޯސްވާނެކަމަށް ބަލާ ހުދު ސަމާލުނެރެފި

ހުކުރު 26 ޖުލައި 2024 | އަހުމަދު ދާއޫދު

މޫސުމާބެހޭ ޤައުމީ މަރުކަޒު (މެޓް) އިން މިއަދު ހެނދުނު 11:30 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ފުވައްމުލައް ސިޓީއާ ހަމައަށް ހުދު ސަމާލުކަން ނެރެފިއެވެ.

Advertisement


މެޓުން މަޢުލޫމާތު ދެއްވިގޮތުގައި މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި، ގުގުރައި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައިޖެހުމުގެ ފުރުސަތު އޮތްކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން، ރޭ ފަތިހު 5:30 އިން ފެށިގެން ހެނދުނު 11:30 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށްވެސް ހުދު ސަމާލުކަން ނެރެފައިވެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން، މިއަދު ފާހަގަކުރަމުންދާ މިނިވަން ދުވަހާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ސިފައިންގެ ޝަރަފްވެރި ހިނގާލުން އެހެން ތާރީޚަކަށް ފަސްކުރަން ޖެހުނެވެ.

މޫސުން ގޯސްވެފައިވާ ސަރަހައްދުތަކުގައި ދަތުރުފަތުރު ކުރާ ފަރާތްތަކުން އިތުރު ސަމާލުކަމެއް ދިނުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް މެޓުގެ ރަސްމީ ޗެނަލްތަކަށް އަޅާލުމަށް އާންމުންނަށް އިރުޝާދު ދީފައިވެއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.