އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓް

ރާއްޖޭގައި އޮންނަ އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓުން އަލުން ބަލިމީހުން އުފުލަން ފަށައިފި

ހޮނިހިރު 27 ޖުލައި 2024 | އަހުމަދު ދާއޫދު

ރާއްޖޭގައި އޮންނަ އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓުން ބަލި މީހުން އުފުލުން އަލުން ފަށައިފިކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

Advertisement


މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރޭ ޑޯނިއާ މަތިންދާ ބޯޓު ބަލިމީހަކު ގޮވައިގެން ހދ. ހަނިމާދޫއިން މާލެ އައިސްފައިވާ ކަމަށެވެ.

ކުރިން މި އުޅަނދުތައް ދުއްވަމުން އައީ އިންޑިއާ އަސްކަރިއްޔާގެ ޔުނިފޯމު އެޅި ސިފައިންނެވެ. ނަމަވެސް މިހާރު ނިންމާފައިވަނީ ހިންދުސްތާން އޭރޮނެޓިކްސް ކުންފުނީގެ މުވައްޒަފުން ގެނައުމަށެވެ. ދިވެހި ސަރުކާރުން ބުނާގޮތުގައި މިއީ މަދަނީ މުވައްޒަފުންނެވެ.

ޑޯނިއާ މަތިންދާ ބޯޓާއެކު ހަނިމާދޫގައި އިންޑިއާގެ މީހުން ތިބޭއިރު، ހެލިކޮޕްޓަރު ދުއްވަން ލ. ކައްދޫ އާއި ސ. ގަމުގައި ވެސް އިންޑިއާގެ 76 މީހުން ތިބިކަން ފާހަގަކުރެވެއެވެ. ކައްދޫ އަދި އައްޑޫގައި އޮންނަ އިންޑިއާ އަސްކަރިއްޔާގެ ހެލިކޮޕްޓަރުތައް ގަވާއިދުން އުދުއްސަމުން ގެންދާއިރު، އެކަމާ ގުޅިގެން ސަރުކާރުން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

މީގެ ކުރިން ދިމާވި ސިއްހީ ކުއްލި ހާލަތްތަކުގައި ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބޭނުން ނުކުރާތީ، އާންމުންގެ ފާޑުކިޔުން ސަރުކާރަށް ރައްދުވެފައިވެއެވެ. ނަމަވެސް މިހާރު އަލުން މި ޚިދުމަތް ފެށުމާއެކު، އާންމުންގެ ކަންބޮޑުވުންތައް ޙައްލުވާނެކަމަށް ބެލެވެއެވ



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.