މި ސަރުކާރުން ވަނީ މިފްކޯއަށް މަސްގަންނަ އަގު ބޮޑުތަނުން ކުޑަކޖޮށްފައި / ފޮޓޯ:މިފްކޯ

މިފްކޯ ހިންގުމަށް ބޭރުގެ ތަޖުރިބާކާރަކު ގެންނަށް ރައީސް މުއިއްޒު ނިންމައިފި

ހޮނިހިރު 27 ޖުލައި 2024 | އަހުމަދު ދާއޫދު

މިފްކޯ ހިންގުމަށް ރާއްޖެއިން ބޭރުގެ ތަޖުރިބާކާރަކު ގެނައުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement


ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ، މިފްކޯ ހިންގުމަށް ރާއްޖެއިން ބޭރުގެ ތަޖުރިބާކާރަކު ގެނައުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ މިފްކޯގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގެ ތަޖުރިބާކާރެއް ގެނައުމަށް ރޭވިފައިވާ ކަމަށެވެ.

ވެރިކަމާ ހަވާލުވިއިރު ސަރުކާރުގެ ކުންފުނިތަކުގެ ހާލަތު އޮތް ގޮތް ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ ގިނަ ކުންފުނިތައް ހުރީ ބަނގުރޫޓުވުމުގެ އައްސޭރިއަށް ގޮސްފައި ކަމަށެވެ. މި ހާލަތު ރަނގަޅުކުރުމަށް އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި މިފްކޯ ވަކި ކުންފުންޏަކަށް ބަދަލުކުރުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން ބޭނުންވަނީ މިފްކޯ އިތުރަށް ކުރިއަރުވައި، ބައިނަލްއަޤްވާމީ ފެންވަރަށް ގެންދިއުމަށް. މިކަމަށްޓަކައި، ދުނިޔޭގެ ފެންވަރުގައި ކުންފުނިތައް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ގެނައުމަށް ވަނީ ނިންމާފައި،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މިއީ ދިވެހިންނަށް ނުކުރެވޭނެ ކަމެއް ނޫން ނަމަވެސް، މިވަގުތު ބޭނުންވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތާ ގުޅުމެއްނެތް، މިނިވަން ފަރާތެއް ކަމަށެވެ. މިފަދަ ފަރާތެއް ގެނައުމުން، އެއްވެސް ނުފޫޒަކާ ނުލައި މިފްކޯ ހިންގުމަށް މަގުފަހިވާނެ ކަމަށް ރައީސް މުއިއްޒު ޤަބޫލުކުރައްވައެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ރާއްޖޭގެ މަސްވެރިން ވަނީ އެމަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީގެން އެތައް މުޒާހަރާތަކެއް ކޮށްފައެވެ. މި ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް މިހާރު ދީފައި ވީ ނަމަވެސް މަސްވެރިންގެ އަތުން މަސްގަންނަ އަގު މިހާރު ވަނީ ބޮޑުތަނުން ކުޑަކޮށްފައެވެ.

ނިމިދިޔަ ސަރުކާރުން 25 ރ. އަށް މަސްކިލޯއެއް ގަތްނަމަވެސް މި ސަރުކާރުން މިހާރު ވަނީ މަސްކިލޯއެއް ގަންނަ އަގު 20ރ އަށް ވުރެވެސް ކުޑަކޮށްފައެވެ. މިކަމާއި ގުޅިގެން މި ދުވަސްވަރު ރާއްޖޭގައި އުފައްދާ މަސްދަޅު ލިބުމުގެ ދަތިކަން މުޅި ރާއްޖެއަށް ވަނީ ވަރަށް ފޯރާފައެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.