އެމްޓީސީސީން ދުއްވާ އާރުޓީއެލްގެ ބަހެއް

ހުޅުމާލޭގެ ބަހުގެ ޚިދުމަތުގެ ބައެއް ރޫޓްތަކަށް ބަދަލު ގެނެސްފި

ހޮނިހިރު 27 ޖުލައި 2024 | އަހުމަދު ދާއޫދު

އާރުޓީއެލުން ހުޅުމާލޭގައި ދެމުންދާ ބަހުގެ ޚިދުމަތުގެ ބައެއް ރޫޓްތަކަށް މިއަދުން ފެށިގެން ބަދަލު ގެނެސްފިކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.

Advertisement


އެމްޓީސީސީން އެކްސްގައި ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދު ވަށައިގެން އޮންނަ މަގު އެއްކޮޅަށް ދުއްވާ މަގަކަށް ބަދަލުކޮށްފައިވާތީ، އާރުޓީއެލް ހުޅުމާލެ ބަހުގެ ޚިދުމަތުގެ ބައެއް ރޫޓްތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

މި ގޮތުން ބަދަލު ގެނެވިފައިވާ ރޫޓްތަކަކީ:

އާރް 2: މާލެ (ކާނިވަލް) - ހުޅުމާލެ ފޭސް 1

އާރް 7: ހުޅުމާލެ ފޭސް 2 - މާލެ (ވެސްޓްޕާކް)

އާރް 8: ހުޅުމާލެ ފޭސް 2 - މާލެ (ކާނިވަލް)

އާރް 9: ހުޅުމާލެ ފޭސް 2 - މާލެ ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓް

މި ބަދަލުތައް ގެނެވިފައިވަނީ ހުޅުމާލޭގެ 11 ސަރަހައްދަކަށް ބަދަލު ގެނައުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނިންމުމާ ގުޅިގެންނެވެ. އެޗްޑީސީން މި ނިންމުން ނިންމާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި، މި ބަދަލުތަކުގެ މަސައްކަތް އެއްކޮށް ނިމުމުން ހުޅުމާލޭގެ ޓްރެފިކް ފްލޯ ވަރަށް ބޮޑަށް ރަނގަޅުވެ، މަގުތަކުގައި ތޮއްޖެހުން ކުޑަވުމުގެ އިތުރުން ވެހިކަލްތަކާއި ހިނގާ މީހުންނަށްވެސް ހުޅުމާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ވާނެއެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.