
ބަދިގެ: ކްރީމް ޑޯނަޓު ހަދާނެގޮތް
ރޯދަ މަހަކީ، ރޯދަ ވީއްލުމަށް ތަފާތު އެކި ވައްތަރުގެ ކާ ތަކެތި ތައްޔާރުކުރާ މަހެކެވެ. އެގޮތުން ޑޯނަޓް ފަދަ ފަސޭހަލުން ތައްޔާރުކޮށްލެވޭ އެއްޗެއް ހަދާލުމަކީ އާދައެކެވެ.

އެގޮތުން ޑޯނަޓް ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:
- ދެ އައުންސް (4 މޭޒުމަތީ ސަމްސާ) ޑްރައި އީސްޓް
- އާދައިގެ ތައްޓެއްގެ 1/4 ހޫނު ފެން (105 އާއި 115 ޑިގްރީސްއާއި ދެމެދުގެ ހޫނު މިނެއްގައި)
- 1 1/2 ތާފަނާ ކިރުކޮޅެއް
- މޭޒުމަތީ ސަމްސަލުގެ 8 ސަމްސަލަށް ވާހާ ހަކުރު
- މޭޒުމަތީ ސަމްސަލެއްގެ ލޮނު
-5 މޭޒުމަތީ ސަމްސަލިގެ ބަޓަރުކޮޅެއް
- އާދައިގެ 5 ތަށީގެ ފުށް
- 8 ސަމްސާ އައިސިންގް ޝުގާ
-1 1/2 ސައިސަމްސަލެއްގެ ވެނީލާ އެސެންސް
- 2 ބިސް
- 4 މޭޒުމަތީ ސަމްސަލުގެ ހޫނުފެން ( އިތުރުވިއަސް މައްސަލައެއް ނެތް)
ޑޯނަޓު ތައްޔާރުކުރާނެ ގޮތް:
- އާދައިގެ ތައްޓެއްގެ 1/4 ހޫނު ފެނުގެ (105 އާއި 115 ޑިގްރީސްއާއި ދެމެދުގެ ހޫނު މިނެއްގައި) ތެރެއަށް އީސްޓް ކޮޅު އަޅާލުމަށްފަހު ގާތް ގަނޑަކަށް ފަސް މިނެޓު މަޑު ކުރާނީއެވެ.
- އީސްޓު ކޮޅާއި، ކިރު، ހަކުރު އަދި ލޮނު، ބިހާއި ފުށްކޮޅު އެއްކޮލެވޭވަރުގެ ބޮޑު ބޯތައްޓެއްގައި އެއްކުރަން ފަށާނީއެވެ. އެއްކުރާއިރު، ފުރަތަމަ އަޅާނީ 2 ތަށީގެ ފުށެވެ. އޭގެފަހުގައި އެއްކުރަމުންދާ ވަރަކަށް ބާކީ ފުށްކޮޅު އަޅާނީއެވެ.
ރަނގަޅަށް ފުށްގފަނޑު އެއްކޮށްލުމަށްފަހު ވައި ބޭރުނުވާނެހެން ބަނދު ކޮށްލާފައި ގަޑިއެއްހާއިރު ބަހައްޓާނީއެވެ.
- ފުށްގަނޑު ރަނގަޅަށް ފުފުމުން ހިކި ފުށްކޮޅެއްލާފައި ފުށްގަނޑު ދަމާލާނީއެވެ. އޭގެފަހުގައި ޑޯނަޓު ތަށްގަނޑަކުން ކެފުމަށްފަހު، ޑޯނަޓު ފުފެންދެން މަޑުކޮށްލާނީއެވެ.
- ފުށްގަނޑު ފުފުމަށް ހޭދަވާ ވަގުތުގައި،ޑޯނަޓުގެ ކްރީމް ގަނޑު ހެދުމަށް ތަވައަށް ބަޓާ ކޯޅު އަޅާލުމަށްފަހު ހޫނުވުމުން އޭގެތެރެއަށް ވެނީލާ އެސެންސު ކޮޅާއި، އައިސީން ޝުގާ އެޅުމަށްފަހު އާދައިގެ ގިންޏެއްގައި އައިސިން ޝުގާ ތަތްވަންދެން ކައްކާލާނީއެވެ.
- އެންމެފަހުން، ތާހަކަށް އެކަށީގެންވާ ވަރުގެ ތެޔޮކޮޅެއް އަޅާލުމަށްފަހު 350 ޑިގްރީސްއަށް ހޫނުވުމުން ފުފިފައިވާ ޑޯނަޓުތަށް ރަނގަޅަށް ތެލުލާނީއެވެ.
- ތެލުލުމަށްފަހު ޑޯނަޓުން ތެޔޮ ހިކެންދެން ބެހެއްޓުމަށްފަހު، ކުރިން ކެއްކި އައިސިން ޝުގާ ކްރީމް ގަނޑުގައި ޑޯނަޓުގެ އެއްފަރާތެއް ޖެއްސުމަށްފަހު ނަގާށެވެ. އޭރުން އެހުރީ ކްރީމް ޑޯނަޓު ހެދިފައެވެ.