
އުޟްޙިޔާ އަކީ ކޮބާ؟
الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

އުޟްޙިޔާ އަކީ ﷲ އަށް ކުއްތަންވުމުގެ ގޮތުން ޢީދުގެ ދުވަސްތަކުގެ ތެރޭގައި ނަޢަމް ޞޫފީގެ ތެރެއިން ޖަނަވާރެއް ކަތިލުމެވެ. މިއީ އިސްލާމީ ޝިޢާރުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކީރިތި ގުރްއާނުންނާއި ސުންނަތުން އަދި ދަންނަބޭކަލުންގެ އިޖްމާޢިން އެކަން ޘާބިތުވެއެވެ.
ގުރްއާނުގެ ދަލީލުތައް:
1. ސޫރަތުލް ކައުޘަރުގެ 2 ވަނަ އާޔަތް: (فَصَلِّ لِرَبِّكَ وَانْحَرْ) މާނައަކީ: "ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ! އަދި قربان ކުރައްވާށެވެ!"
2. ސޫރަތުލް އަންޢާމްގެ 162 ވަނަ އާޔަތް: (قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّـهِ رَبِّ الْعَالَمِينَ) މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ (އެހެނިހެން) އަޅުކަންތަކާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، عالم ތަކުގެ ވެރި اللَّه އަށެވެ." މިއާޔަތުގައި މިވާ "ނުސުކު" ގެ މުރާދަކީ ކަތިލުމެވެ.
3. ސޫރަތުލް ޙައްޖުގެ 34 ވަނަ އާޔަތް: (وَلِكُلِّ أُمَّةٍ جَعَلْنَا مَنسَكًا لِّيَذْكُرُوا اسْمَ اللَّـهِ عَلَىٰ مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِ ۗ فَإِلَـٰهُكُمْ إِلَـٰهٌ وَاحِدٌ فَلَهُ أَسْلِمُوا ۗ وَبَشِّرِ الْمُخْبِتِينَ) މާނައަކީ: " نعم ސޫފީގެތެރެއިން އެކަލާނގެ އެއުރެންނަށް ދެއްވި ތަކެތީގެ މައްޗަށް (އެބަހީ: އެތަކެތި ކަތިލެވޭހިނދު) اللَّه ގެ اسم ފުޅު ނަންގަތުމަށްޓަކައި، ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްވެސް قربان ކުރުމެއް ލެއްވީމެވެ. ފަހެ، ތިޔަބައިމީހުންގެ ކަލާނގެއީ، އެއްކައުވަންތަކަލާނގެއެވެ. ފަހެ، އެކަލާނގެއަށް ތިޔަބައިމީހުން ކިޔަމަންވެ، إسلام ވާށެވެ! އަދި ކިޔަމަންތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ!".
ސުންނަތުގެ ދަލީލުތައް:
1. وعن عبد الله بن عمر رضي الله عنهما قال : « أقام النبي صلى الله عليه وسلّم بالمدينة عشر سنين يضحي » رواه أحمد (4935) والترمذي (1507) ، وحسنه الألباني في مشكاة المصابيح ( 1475 ) މާނައަކީ: މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާގައި ހުންނެވި ދިހައަހަރުވެސް ކޮންމެ އަހަރަކު އުޟްޙިޔާ ކަތިލައްވައެވެ".
2. عن البراء بن عازب رضي الله عنه أن النبي صلى الله عليه وسلّم قال: «من ذبح بعد الصلاة فقد تم نسكه وأصاب سنة المسلمين » . رواه البخاري(5545 މާތްﷲ ރުއްސުންލެއްވި އަލްބައްރާއު ބިން ޢާޒިބްގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ނަމާދު ފަހުން ކަތިލައިފިމީހާ އެމީހެއްގެ ނުސުކް ނުވަތަ ކަތިލުން ފުރިހަމަކޮށްފިއެވެ. އަދި މުސްލިމުންގެ ސުންނަތާ އެއްގޮތަށް ކަންތައްކޮށްފިއެވެ".
އުޟްޙިޔާ ކަތިލުމަކީ މަޝްރޫޢުވެގެންވާ ކަމެއް ކަމާއި މެދުގައި މުސްލިމް ދަންނަބޭކަލުން އިޖްމާޢުވެލައްވާފައިވެއެވެ.
އުޟްޙިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެއްތޯ ނުވަތަ ދޫކޮށްލުން ހެޔޮނުވާވަރުގެ ވާޖިބު ކަމެއްތޯ، މިކަމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހުއްޓެވެ.
ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތުގައި އުޟްޙިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެކެވެ. މިއީ ޝާފިޢީ، މާލިކީ އަދި ޙަންބަލީ މަޛްހަބުގެ މަޝްހޫރު ރައުޔެވެ.
ނަމަވެސް އިމާމް އަޙްމަދުގެ ފަރާތްޕުޅުން އައިސްފައިވާ އަނެއް ރިވާޔަތެއްގައި އަދި އަބޫޙަނީފާ- ރަޙިމަހުމުﷲ- ގެ މަޛްހަބުގައި އުޟްޙިޔާ ކަތިލުމަކީ ވާޖިބު ކަމެކެވެ. والله أعلم.
އުޟްޙިޔާ ކަތިލުމުގެ ވަގުތު
އުޟްޙިޔާ ކަތިލުމުގެ ވަގުތަކީ ކޮބައިތޯ؟
الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:
އުޟްޙިޔާ ކަތިލުމުގެ ވަގުތު ފެށެނީ އަޟްޙާ ޢީދު ނަމާދު ނިމުމާއި އެކުގައެވެ. އަދި އުޟްޙިޔާ ކަތިލުމުގެ ވަގުތު ނިމެނީ ޛުލްޙިއްޖާމަހުގެ 13 ވަނަ ދުވަހުގެ އިރުއޮއްސުމާއި އެކުގައެވެ. އެހެންކަމުން އުޟްޙިޔާ ކަތިލުމަށް ޢީދުދުވަހާއި އައްޔާމުއް ތަޝްރީގު ތިންދުވަސް ލިބެއެވެ.
އެންމެ މޮޅުއިތުރު ގޮތަކީ އަޟްޙާ ޢީދު ނަމާދު ނިމުމާއި އެކު ވީހާވެސް އަވަހަކަށް ކަތިލުމެވެ. އަދި ޢީދު ދުވަހުގެ އެންމެ ފުރަތަމަ ކެއުމަކީ އުޟްޙިޔާ އިން ކާކެއުން ކަމުގައި ހެދުމެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަންތައް ކުރެއްވި ގޮތަކީ މިއީއެވެ.
روى أحمد (22475) عن بُرَيْدَةَ رضي الله عنه قَالَ : كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لا يَغْدُو يَوْمَ الْفِطْرِ حَتَّى يَأْكُلَ ، وَلا يَأْكُلُ يَوْمَ الأَضْحَى حَتَّى يَرْجِعَ ، فَيَأْكُلَ مِنْ أُضْحِيَّتِهِ . ބުރައިދާ ރަޟިޔަﷲ ޢަންހު-ގެ ކިބައިން އިމާމް އަޙްމަދު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. "ފިޠުރު ޢީދު ދުވަހު އެއްޗެއް ފަރިއްކުޅުއްވައިގެން މެނުވީ ކީރިތި ރަސޫލާ ޢީދުނަމާދަށް ނިކުމެވަޑައި ނުގަންނަވައެވެ. އަދި އަޟްޙާ ޢީދު ދުވަހު ޢީދުނަމާދުން އަވަދިވެ ވަޑައިގެން އެކަލޭގެފާނުގެ އުޟްޙިޔާ އިން މެނުވީ ފަރީއްނުކުޅުއްވައެވެ". والله أعلم.
އުޟްޙިޔާގެ ޝަރްޠުތައް:
އަޅުގަޑުގެ އަމިއްލަ ނަފްސަށާއި ދަރިންގެ މަތިން އުޟްޙިޔާ ކަތިލުމަށް ގަޞްދުކޮށްފީމެވެ. އުޟްޙިޔާގެ ގޮތުގައި ކަތިލެވޭ ޖަނަވާރުގައި ހުންނަން ޖެހޭ ވަކި ޞިފަތަކެއް ވޭތޯއެވެ؟ ނޫންނަމަ ކޮންމެ ކަހަލަ ބަކައްޓެއް ކަތިލިނަމަވެސް ފުދޭނެތޯއެވެ؟
الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:
އުޟްޙިޔާގެ ގޮތުގައި ކަތިލެވޭ ޖަނަވާރުގައި ހަޝަރްޠެއް ހަމަވާން ޖެހޭނެއެވެ. އެއީ:
1. ނަޢަމް ޞޫފީގެ ތެރޭގައި ހިމެނޭ ޖަނަވާރަކަށްވުން، ސޫރަތުލް ޙައްޖުގެ 34 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلِكُلِّ أُمَّةٍ جَعَلْنَا مَنسَكًا لِّيَذْكُرُوا اسْمَ اللَّـهِ عَلَىٰ مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِ ۗ فَإِلَـٰهُكُمْ إِلَـٰهٌ وَاحِدٌ فَلَهُ أَسْلِمُوا ۗ وَبَشِّرِ الْمُخْبِتِينَ) މާނައަކީ: " نعم ސޫފީގެތެރެއިން އެކަލާނގެ އެއުރެންނަށް ދެއްވި ތަކެތީގެ މައްޗަށް (އެބަހީ: އެތަކެތި ކަތިލެވޭހިނދު) اللَّه ގެ اسم ފުޅު ނަންގަތުމަށްޓަކައި، ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްވެސް قربان ކުރުމެއް ލެއްވީމެވެ. ފަހެ، ތިޔަބައިމީހުންގެ ކަލާނގެއީ، އެއްކައުވަންތަކަލާނގެއެވެ. ފަހެ، އެކަލާނގެއަށް ތިޔަބައިމީހުން ކިޔަމަންވެ، إسلام ވާށެވެ! އަދި ކިޔަމަންތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ!". ނަޢަމް ޞޫފީގެ ތެރޭގައި ހިމެނެނީ ޖަމަލު، ގެރި އަދި ބަކަރިއެވެ.
2.ޝަރްޢީ ގޮތުން ކަނޑައެޅިފައިވާ ޢުމުރު ހަމަވެފައިވާ ޖަނަވާރަކަށް ވުން، ޖަމަލެއްނަމަ އޭގެ ޢުމުރުން ފަސްއަހަރު ހަމަވެފައިވުން، ގެރިއެއްނަމަ ދެއަހަރު ހަމަވެފައިވުން، އަދި ކަންބަޅިއެއް ނަމަ އަހަރުވެފައިވުން، އަދި ޖިޒަޢެއް ނަމަ ބައި އަހަރު ހަމަވެފައިވުން،
3. ޢައިބުތަކުން ސަލާމަތްވެގެންވާ އެއްޗަކަށްވުން، މިގޮތުން އަންނަނިވި ޢައިބުތަކުން ސަލާމަތްވެފައިވާ އެއްޗަކަށްވާން ޖެހޭނެއެވެ.
ފުރަތަމަ: ފާޅުކޮށް އެނގޭވަރަށް އަވަރުވެފައިވާ އެއްޗަކަށް ނުވުން،
ދެވަނަ: ފާޅުކޮށް އެނގިބަޔާންވާ ވަރުގެ ބައްޔެއް ހުރި އެއްޗަކަށް ނުވުން.
ތިންވަނަ: ފާޅުކޮށް އެނގިބަޔާންވާ ވަރަށް ކޮރުއެއްޗަކަށް ނުވުން.
ހަތަރުވަނަ: ބުއްދި ފިލައިގޮސްފައިވާ އެއްޗަކަށް ނުވުން.
ފަސްވަނަ: ލޯކަނު އެއްޗަކަށް ނުވުން،
ހަވަނަ: އަލްމަބްޝޫމާ
ހަތްވަނަ: ވިހަން ދަތިވެފައިވާ އެއްޗަކަށް ނުވުން،
އަށްވަނަ: ތަނަކުން ވެއްޓި މަރަށް ތައްޔާރުވެފައިވާ އެއްޗަކަށް ނުވުން.
ނުވަވަނަ: ދެއަތުންކުރެ އަތެއް ނުވަތަ ދެފައިން ކުރެ ފަޔެއް ބުރިވެފައިވާ އެއްޗަކަށް ނުވުން.
ދިހަވަނަ: ޢުމުރުން ދުވަސްވުމުގެ ސަބަބުން ހިނގައިގަތުމަށް އުނދަގޫވެފައިވާ އެއްޗަކަށް ނުވުން.
4. ކަތިލެވޭ އެއްޗަކީ އުޟްޙިޔާ ކަތިލާ މީހާގެ މިލްކަކަށްވުން. ނޫންނަމަ ވެރިމީހާގެ އިޛްނަ ލިބިގެން ކަތިލެވޭ އެއްޗަކަށްވުން،
5. އުޟްޙިޔާގެ ގޮތުގައި ކަތިލެވޭ އެތީގައި އެހެންމީހެއްގެ ޙައްގެއް އެކުލެވިފައިނުވުން، މީހަކު ރަހުނެއްގެ ގޮތުގައި ޙަވާލުކޮށްފައިވާ ނަޢަމް ސޫތްޕަކުން އުޟްޙިޔާ އެއް ކަތިނުލެވޭނެއެވެ.
6. ޝަރީޢަތުގައި ކަނޑައެޅިފައިވާ ވަގުތުގައި ކަތިލުން. والله أعلم.