
ބާރުގެ ބޭނުންކޮށް ބެންކޮކުގެ މުޒާހަރާތައް ރޫޅާލައިފި
ކޯވިޑް ކޮންޓްރޯލް ކުރުމުގައި ސަރުކާރު ފެއިލްވެފައިވާކަމަށް ބުނެ ބެންކޮކުގައި ކުރި މުޒާހަރާ ރޫޅާލައިފިއެވެ.

ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި، ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި އާއްމުން ކުރިޔަށް ގެންދިޔަ މިއެއްވުން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަ ގޭހާއި، ރަބަރު އުންޑަވެސް ބޭނުންކޮށްފައެވެ.
އާއްމުންނާއި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ބެންކޮކްގެ މަގުތައްމަތީގައި މުޒާހަރާތައް ކުރަން ފަށާފައި ވަނީ، އެޤައުމުގައި ކޯވިޑް-19ގެ ހާލަތު ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއިމެދު ހިތްހަމަ ނުޖެހިގެންނެވެ.
ތައިލެންޑްގެ ވިޔަފާރީގެ މަރުކަޒީރަށުގެ ގޮތުގައި އޮތް ބެންކޮކުގައި އަޅާފައިވާ ފިޔަވަޅުތަކާއި އެކުގައި، އެޤައުމުގެ އިޤުތިޞާދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އަދި ވިޔަފާރިތަކަށް އެތައް މިލިޔަން ޑޮލަރެއްގެ ގެއްލުން ވަނީ ލިބިފައެވެ.