ރައީސް ޞާލިހުގެ ބޮޑުބޭބެ ޕެޓިޝަންގައި ސޮއިކުރައްވަނީ: ފޮޓޯ-ޓްވީޓަރ

ރައީސް ޞާލިހުގެ ބޮޑުބޭބެ ބަރުލަމާނީއަށް ތާއީދުކުރުން، ސަރުކާރާ ދެކޮޅު މަސައްކަތެއް ނޫންކަމުގެ ހެއްކެއް!

ހޮނިހިރު 28 އޮގަސްޓް 2021 | އައުޓްރީޗް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ބޮޑުބޭބެ ބަރުލަމާނީ ނިޒާމަށް ތާއީދުކުރެއްވުމަކީ، އެމަސައްކަތަކީ ސަރުކާރާ ދެކޮޅު މަސައްކަތެއް ނޫންކަމުގެ ހެއްކެއްގެ ގޮތުގައި ސިފަކޮށްފިއެވެ. 

Advertisement


ރައީސުލްޖުމްހޫރިއްޔާބެ ބޮޑުބޭބޭ މޫސާ ސާލިހު ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ޕެޓިޝަންގައި ސޮއިކުރެއްވި ފޮޓޯއަކާއެކު ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވީ ޕެޓިޝަންގައި ސޮއިކުރުމަކީ ސަރުކާރާ ދެކޮޅު ކަމެއް ނޫންކަމުގައި ދަކުރާރުކޮށް ދަންނަވާކަމަށެވެ. ފިރުޝާނަކީ ޕެޓިޝަނަށް ތާއީދުހޯއްދެވުމަށް އިސްކޮށް މަސައްކަތްކުރައްވާ މެންބަރެކެވެ.

ބަރުލަމާނީ ޕެޓިޝަނަށް ސޮއި ހޯދުމުގައި އިސްކޮށް މަސައްކަތްކުރައްވާތަން ފެންނަނީ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންނެވެ. ރައީސް ނަޝީދު ވަނީ ޕެޓިޝަންގައި ވީހާވެސް ގިނަ ބޭފުޅުން ތާއީދުކުރައްވަންވެސް އެދިވަޑައިގަންނަވާފައެވެ. އަދި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައިވެސް އެމަނިކުފާން ތާއީދުކުރައްވަނި ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ކެންޑިޑޭޓުންނަށެވެ. ނަމަވެސް އެމްޑީޕީން ބުނީ އެޕެޓިޝަންގެ މަސައްކަތަކީ އެޕާޓީގެ މަސައްކަތެއް ނޫންކަމަށެވެ.

https://twitter.com/husnfirey/status/1431293527099469829

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ބަރުލަމާނީ ނިޒާމާ ދެކޮޅުކަމަށް ވިދާޅެއް ނުވެއެވެ. ނަމަވެސް ވެރިކަމުގެ ނިޒާމް ނިންމާނީ ރައްޔިތުންކަމަށް ތަކުރާރުކޮށް އަންނަނީ ވިދާޅުވަމުންނެވެ. އަދި މިއީ ވެރިކަމުގެ ނިޒާމް ކަނޑައަޅަންވީ ވަގުތު ނޫންކަމަށާއި، އިސްކަންދެއްވަނީ ވައުފުތައް ފުއްދަވަންކަމަށް އެމަނިކުފާން ގެންދަވަނީ ވިދާޅުވަމުންނެވެ. ހަމައެހެންމެ ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ގިނަ ރައްޔިތުން ޕެޓިޝަންގައި ސޮއިކޮށްފިނަމަ ވޯޓް ނަގަން ފަސްޖެހިވަޑައި ނުގަންނަވާނެކަމަށް ވަނީ ވިދާޅުވެފައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.