ތާލިބާނުންގެ ޕެޓްރޯލް އުޅަނދެއް ޖަލާލު އާބާދުގެ މަގެއްގެ މަތީގައި: ފޮޓޯ: އަލްޖަޒީރާ

ޖަލާލު އާބާދުގައި ބޮންތަކެއް ގޮއްވާލައި 7 މީހުން މަރާލައިފި

އާދީއްތަ 19 ސެޕްޓެމްބަރ 2021 | މޫސަ

އަފްޣާނިސްތާނުގެ ޖަލާލުއާބާދުގައި ދިން ހަމަލާތަކެއްގައި 7 މީހުން މަރުވެއްޖެއެވެ. އަފްޣާނިސްތާނުގެ ނޫސްތަކުން ހާމަކޮށްފައިވާ ގޮތުގައި ގާތްގާތުގައި ދިން މިހަމަލާތަކުގައި 7 މީހުން މަރުވުމުގެ އިތުރުން 30 މީހުން ވަނީ ޒަޚަމްވެފައެވެ. މިހަމަލާތައް ދީފައި ވަނީ އައިއީޑީތަކެއް ގޮއްވާލައިގެން ކަމުގައި ތާލިބާން ސަރުކާރުން ވަނީ ބުނެފައެވެ.

Advertisement


އަދި މިހަމާލާތައް ދީފައިވަނީ، އައިއެސް އާއި ގުޅިފައިވާ ޚޮރާސަން ޖަމާއަތަށް ނިސްބަތްވާ ހަނގުރާމަވެރިކަމުގައިވެސް ޠާލިބާނުން ވަނީ ބުނެފައެވެ.

ނަންގަހާރް ޕްރޮވިންސް ވެރިރަށް ކަމުގައިވާ ޖަލާލު އާބާދުގައި އިއްޔެ ވަނީ ހަތަރުތަނެއްގައި އައިއީޑީތައް ގޮއްވާލާފައެވެ. އެހެންނަމަވެސް މިހަމަލާތަކުގެ ޒިންމާ އަދި އެއްވެސ ފަރާތަކުން އުފުލާފައެއް ނުވެއެވެ.

ޖަލާލު އާބާދުގައި ދިން ހަމަލާތަކުން އެއްހަމަލާ އަމާޒުކޮށްފައި ވަނީ، އެ ސިޓީގައި ޕެޓްރޯލް ކުރަމުން ދިޔަ ޠާލިބާން ސަރުކާރުގެ އުޅަނދަކަށެވެ.

މީގެ އިތުރުން ކާބުލްގައިވެސް ކާރު ބޮމެއް ގޮއްވާލުމުގެ ސަބަބުން ދެމީހުން މަރުވެފައިވެއެވެ.

އޮގަސްޓް 15 ވަނަ ދުވަހު ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް ޤަދަވެގަތް ނަމަވެސް އަދިވެސް އެޤައުމަށް ހަމަޖެހުމެއް އަތުވެދާނެކަމުގެ އުއްމީދު ކުޑައެވެ.

ޠާލިބާނުންނާއި ދެކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުން މިހާރު ވަނީ އަފްޣާނިސްތާނުގެ ތެރޭގައި ހަމަލާތައްދޭން ފަށާފައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.