
އަނުޝްކާގެ ބަދަލުގައި "ޗަކްދާ އެކްސްޕްރެސް" ތްރިޕްތީއަށް
އިންޑިއާގެ މަޝްހޫރު އަންހެން ކްރިކެޓް ކުޅުންތެރިއެއް ކަމަށްވާ ޖޫލަން ގޮސްވާމީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާ "ޗަކްދާ އެކްސްޕްރެސް"ގެ ތަރިއަކަށް ތްރިޕްތީ ދިމްރީ ހަމަޖައްސައިފިއެވެ.

އިންޑިއާގެ އަންހެން ކުރިކެޓް ޓީމްގެ ކެޕްޓަންކޮށްފައިވާ ޖޫލަން ގޮސްވާމީގެ ހަޔާތުގެ މައްޗަށް މި ފިލްމު ހެދުމަށް 2018 ވަނަ ނިންމިއިރު، މި ފިލްމު ކުޅެން ހަމަޖެއްސީ އަނުޝްކާ ޝަރުމާއެވެ. ނަމަވެސް ކޮވިޑް 19ގެ ޕެންޑަމިކާއި އަނުޝްކާ ބަނޑުބޮޑުވުމާއި ގުޅިގެން ފިލްމުގެ މަސައްކަތް ނުފެށި ލަސްވެގެންދިޔައެވެ. އަދި މިހާރު މި ފިލްމުގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދިޔަ ނަމަވެސް، މި ފިލްމުގައި އަނުޝްކާ ނުފެންނާނެއެވެ.
އަނުޝްކާގެ ބަދަލުގައި ޖޫލަން ގޮސްވާމީގެ ރޯލް ކުޅުމަށް ހަމަޖެހިފާ ތްރިޕްތީ އަކީ މިއަހަރު އެމޭޒަން ޕްރައިމް އިން ގެނެސްދިން "ބުލްބުލް" ގެ ބަތަލާއެވެ. ބުލްބުލް އަކީ އަނުޝްކާގެ ފިލްމަކަށްވާއިރު، "ޗަކްދާ އެކްސްޕްރެސް"ގެ ކޯ ޕްރޮޑިއުސަރަކީވެސް އަނުޝްކާއެވެ.
ދުނާމިސް އެންޓަޓައިންމަންޓާއި ސޮނީ ޕިކްޗާޒުންއިން ގުޅިގެން ހަދާ މި ފިލްމު ރިލީސްކުރުމަށް ނިންމާފައިވަނީ ނެޓްފްލިކްސްގައި އަންނަ އަހަރުގެ ކުރީކޮޅުއެވެ.