އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބާއި ނެހޭ މަރުކަޒު ހިންގަމުން އައި ބައު ޖަމާލުއްދީން ---

އިލެކްޝަންސް ކޮމިޝަންގެ އިމާރާތް އެޅުމަށް ހުޅުމާލެއިން ބިމެއް ދެނީ

ހުކުރު 18 މާޗް 2022 | އަލީ ސުލައިމާން

އިލެކްޝަންސް ކޮމިޝަންގެ އިމާރާތް އެޅުމަށް ހުޅުމާލެއިން ބިމެއް ދިނުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށާއި އެކަމާއި ގުޅޭ މަސައްކަތްތައް ކުރިޔަށް އެބަދާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

Advertisement


އިލެކްޝަންސް ކޮމިޥަންގެ މެމްބަރު އިސްމާއިލް ހަބީބު އައުޓްރީޗަށް ވިދާޅުވީ، މުސްތަޤުބަލުގައި އިލެކްޝަންސް ކޮމިޝަން ހުންނާނީ ހުޅުމާލޭގައި ކަމަށާއި އެކަން ފައިނަލްވެފައިވާ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ އިމާރާތް އެޅުމަށް ބިން ކަނޑައެޅުމާއި ގުޅޭ ގޮތުން އެޗްޑީސީ އާއި އެކު މަޝްވަރާތައް ކުރިޔަށްދާ ކަމަށާއި، އަދި ވަކި ބިމެއް ކަނޑައެޅިފައި ނުވާކަމަށެވެ.

ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބު ވިދާޅުވީ، މިހާތަނަށް ކޮމިޝަންގެ އިންތިޚާބާއި ބެހޭ މަރުކަޒު ހިންގަމުން އައި ބައުޖަމާލުއްދީންގެ އިމާރާތް ހުސްކުރުމަށް ސަރުކާރުން އަންގަވާފައިވާތީ އެއިމާރާތް ހުސްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

ހަބީބު ވިދާޅުވީ އިންތިޚާބާއި ބެހޭ މަރުކަޒުގައި ހުރި ހުރިހާ ބޮޑެތި މުދާ ހަފްތާބަންދު ތެރޭގައި ނެރުމަށް ހަމަޖައްސައި އެކަން ކުރަމުން ގެންދާ ކަމަށެވެ.

ބައުޖަމާލުއްދީނުން ނުކުންނައިރު ތަނެއް ހަމަޖެހިފައިވޭތޯ ދެންނެވުމުން ހަބީބު ވިދާޅުވީ، ކޮމިޝަނުން ތަނެއް ހޯދުމަށް ސަރުކާރުން އަންގަވާފައިވާތީ ތަނެއް ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް އަދި މިހާތަނަށް ވަކިތަނެއް ހަމަޖެހިފައި ނުވާކަމުގައި އޭނާ ވިދާޅުވިއެވެ.

ބައުޖަމާލުއްދީން ހުސްކުރަމުންދަނީ އެއިމާރާތްތަޅާލައި އެތަނުގައި އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އެޅުމަށެވެ. 2011 ވަނަ އަހަރު މާފަންނު ޗާނދަނީގޭގައި ބިނާކޮށްފައި ހުރި އަރަބިއްޔާ ސްކޫލުގެ 11 ބުރީގެ އިމާރާތް ވަރަށް ބޮޑަށް ރެނދުލައި ހަލާކުވުމާއި ގުޅިގެން އެއިމާރާތުގައި ކިޔަވައިދިނުން ރައްކާތެރިކަމަށް ނުވާތީ، ކުރިން ފޮރިންގ މިނިސްޓްރީ ވަގުތީ ގޮތުން ހިންގި އިމާރާތަށް އަރަބިއްޔާ ސްކޫލު ވަނީ ބަދަލުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަންގެ އިމާރާތް ހުޅުމާލޭގައި އެޅުމަށް ނިންމަވާފައި ވާއިރު، ހުޅުމާލެއަށް ސަރުކާރުގެ މުހިއްމު އޮފީސްތައް ކުރިޔަށް އޮތްތަނުގައި ބަދަލުކުރާނެއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.