
އެންޒައިޓީ ހުންނަނަމަ ކުރެވިދާނެ ބައެއް ކަންކަން
އެންޒައިޓީ އަކީ ކަމެއްވެދާނެ ކަމުގެ ބިރު އިހުސާސު ކުރެވުން ނުވަތަ ހިތްބިރުގަނެ ހާސްވާ ގޮތްވުމެވެ. ބައެއް ފަހަރު ކުއްލިއަކަށް މީހާ ހިއްނުތަކަވަސް ވާ ފަހަރު އާދެއެވެ. ބައެއްމީހުނަށް މިކަމަކީ ކޮންމެދުވަހަކު ކުރިމަތިލާން ޖެހިފައިވާ ކަމަކަށްވެސް ވެދާނެއެވެ. އަދި އަނެއްބައިމީހުނަށް ވަރަށްމަދުން ނޫނީ އެއްވސް ވަރަކަށް މި ނުތަކަނަވަސްކަން އިހުސާސް ނުވެދާނެއެވެ. އެންޒައިޓީ އިން އެއްކޮށް އަރައިގަނަން އުނދަގޫވާއިރު ތިރީގައި މިބަލާލަނީ އެންޒައިޓީ ހުންނަ މީހުނަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ.

ނޯޓް: މިއީ ހިތް ނުތަނަވަސްވެ ހާސްވެފައި ހުންނަ ވަގުތު ދުރުވާންވީ ކަންތައްތަކެވެ. އިއީ އާނމުކޮށް ގިނައިން ދިމާވާ ކަމެއްނަމަ ނަފްސާނީ ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުން މުހިންމެވެ.
1. އަމިއްލަ ނަފްސަށް ވަގުތު ހުސްކުރުން
ކޮންމެ ދުވަހަކު 1 ގަޑިއިރު ތިމާގެ އަމިއްލަ ސެލްފްކެއަރ ގަޑިއެއް ހޯދާށެވެ. ރަނގަޅަސް ވަރުބަލި ފިލުވާ ސިކުނޑި ތާޒާ ކޮއްލުމަށް މިގަޑި ބޭނުން ކުރާށެވެ.
2. ކެއުމަށް ފަރުވާތެރިވުން
ކެއުމުގެ މީލްޕްލޭނެއް ތައްޔާރު ކުރާށެވެ. އެގޮތުން ހަށިގަނޑަށް ގެއްލުންވާ އެއްޗެހި ކެއުމާއި މާގިނައިން ކެއުމުން ދުރުވެ ސިއްހަތަށް ފައިދާ ހުރި ކާނާ މިޕްލޭންގައި ހިމަނާށެވެ. ދުވަހެއްގެ މީލް ޕްލޭން ނުވަތަ ހަފްތާއެއްގެ މީލް ޕްލޭން ހެދުމަކީ ހިތްހަމަޖެހުން ލިބޭ ކަމެކެވެ.
3. ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުން
އެގޮތުން ސިގެރެޓް އަދި ވޭޕް އެއްވެސް ގޮތަކަށް ބޭނުން ނުކުރުން، ސިގެރެޓް ބުއިމަށް އާދަ ވެފައިވާނަމަ ސިގެރެޓް ނޫނީ ވޭޕްގެ ބަދަލުގައި ފެން، ޖޫސް، ޗުއިންގަމް ނުވަތަ ލޮލީ ޕޮޕް ބޭނުން ކުރަންފަށާށެވެ.
4. ތިމާގެ ނަފްސާނީ ސިއްހަތައް ގެންލުންވާ ގުޅުންތަކުން ދުރުހެލިވުން
ރައްޓެހިންނާއި އާއިލާގެ މީހުނާއި ތިމާއަށް ހެޔޮއެދޭ އުފާ ކޮއްދޭ މީހުނާއި އެކު ވަގުތު ހޭދަ ކުރުމަކީ އުފާއެރިކަން ގެނުވާ ކަމެކެވެ.
5. ސޯޝަލް މީޑިއާއި ދުރުވުން
މީގެ ބަދަލުގައި މީހުނާއި ބައްދަލުކޮށް ވާހަކަ ދެއްކުން، ހިއް ނުތަނަވަސް ވެފަ ހުންނަ ގަޑީގައި ސޯޝަލް މީޑިއާގައި ހުންނަ އެހެން މީހުންގެ މައުލޫމާތު ފެނި ބައެއްފަހަރު ތިމާގެ ނަފްސާއި އަޅާ ކިޔެއެވެ. އަދި މިކަމުގެ ސަބަބުން ނުތަނަވަސްކަން އިތުރުވެއެވެ. މީހުނާއި ދިމާވެ ވާހަކަ ދެއްކުމުން ސޯޝަލް މީޑިޔާގެ މަންޒަރުތައް ނުފެނި ހިތްހަމަ ޖެހުން ލިބެއެވެ.
6. ކޮފީ ބުއިމުން ދުރުވުން
ކެފެއިންނަކީ ހާސްވުމަށް މަގުފަހިކޮއްދޭ އެއްޗެކެވެ، ކޮފީގެ ބަދަލުގައި ފައިދާހުރި ހާބަލް ސައެއް ބޭނުން ކުރެވިދާނެއެވެ.
7. ކުރަންހުންނަ ކަންކަން ލަސްނުކުރުން/ ޕްރޮކްރެސްޓިނޭޓް ނުވުން
ކުރަންހުންނަ ކަންކަމުގެ ލިސްޓެއްހަދާ ކަންކަން ކުރެވޭ ވަރަކަށް ތިމާއަށް ކޮންމެވެސް ހަދިޔާއެއްދޭށެވެ.
8. މާބޮޑަށް ކަންކަމައިގެން ނޫޅުން އަދި ބޮޑެތި އުނދަގޫ ކަންކަން ވީވަރަކުރުން މަދުކުރުން
ކުދި ކުދި ކަންކަން ކުރުމަށް ޕްލޭން ކޮއް ބައެއް ހަފްތާ ބަންދުތަކުގައި އަރާމުކުރުން. މާގިނަ ކަންކަން ޕްލޭން ކުރުމުން ވެސް އެންޒައިޓީ އަށް މަގުފހި ކޮއްދެއެވެ.
9. ކަސްރަތު ކުރުން
ހިނގަން ދިޔުމާއި މީހުނާއިއެކު ކަސްރަތު ކުރުމަކީ ކަސްރަތު ކުރުމަށް ހިތްވަރު ލިބޭ ކަމެކެވެ. ކަސްރަތު ކުރުމުން ސިކުނޑި ތާޒާވެ އެހެން ކަންކަންމަށް ސަމާލުކަން ދެވެއެވެ.
10. މާބޮޑަށް ކަންކަމާއި ނުވިސްނުން
މިއީ ބުނެލަން ވަރަށް ފަސޭހަ އަދި ކުރަން އުނދަގޫ ކަމެކެވެ. އަބަދުވެސް ދިމާވެފައިވާ މައްސަލައެއް ހައްލުކުރުމަށް ވިސްނާށެވެ. އަދި މުސްތަގުބާލާއި މެދު ފިކުރުބޮޑު ނުވެ މިވަގުތު ކުރެވެން ހުރި ކަންކަމަށް ވިސްނާށެވެ.
11. އަމިއްލަ ނަޕްސައް އިސްކަން ދިނުން
އަމިއްލަ ނަފްސައް ސަމާލުކަންދީ ތިމާގެ ހުނަރު ތައް އިތުރު ކޮށް ކުރިއެރުމަށް މަސައްކަތް ކުރާށެވެ.
12. ކުންހީ ކުރުމުން ދުރުވުން
ކުންހީއަށް ސަމާލުނުވެ ޔަގީންވާ ކަންކަން ގަބޫލުކުރާށެވެ. ޝައްކު ކުރުމާއި ދުރުވާށެވެ.