
ހެރީ ޕޮޓާގެ އެކްޓަރ ހެގްރިޑް މަރުވެއްޖެ
ކުޑަކުދިންގެ މެދުގައި މަޤުބޫލުވެގެން ދިޔަ ޚިޔާލީ ވާހަކަ ހެރީޕޮޓާ ފިލްމުގެ އެއް އެކްޓަރ ކަމުގައިވާ، ހެގްރިޑް އުމުރުން 72 އަހަރުގައި މަރުވެއްޖެއެވެ.

ހެރީޕޮޓާގައި ހެގްރިޑްގެ ރޯލު ކުޅެފައިވާ، އެކްޓަރުގެ އަސްލު ނަމަކީ އެންތަނީ ރޮބަޓް މެކްމިލަންއެވެ. އެހެންނަމަވެސް ހޮލީވުޑްގައި އޭނާ މަޝްހޫރުވެފައި ވަނީ ރޮބީ ކޮލްޓްރޭންގެ ނަމުންނެވެ.
ރޮބީ މަރުވެފައި ވަނީ، ސްކޮޓްލޭންޑް ގެ ހޮސްޕިޓަލެއްގައެވެ. އޭނާއަކީ ސްކޮޓްލޭންޑްގެ ރައްޔިތެއްވެސް މެއެވެ.
ރޮބީ ވަނީ، ހެރީޕޮޓާ ސިލްސިލާގެ 7 ފިލްމުގައި މަސައްކަތްކޮށްފައެވެ. މީގެ އިތުރުން ދުނިޔެއަށް މަޝްހޫރު އެތަކެއް ފިލްމާއި ސިލްސިލާތަކުގައި އޭނާ މަސައްކަތްކޮށްފައި ވެެއެވެ.
މީގެ އިތުރުން އޭނާ މުނިފޫހި ފިލުވުމުގެ ދާއިރާއަށް ކޮށްދީފައިވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން، 2006 ވަނަ އަހަރު އޭނާއަށް އޯޑަރ އޮފް ދި ބްރިޓިޝް އެމްޕަޔަރ ގެ ލަޤަބުވެސް ވަނީ އަރުވާފައެވެ.