
ވޯލްޑް ލީނިންގ ޑެސްޓިނޭޝަން އެވޯޑް މިފަހަރުވެސް ރާއްޖެއަށް!
ވޯލްޑް ޓްރެވަލް އެވޯޑްގައި ވިދިވިދިންގެ 3 ވަނަ އަހަރު ދިވެހިރާއްޖެއަށް ، ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް ލިބިއްޖެއެވެ.

މިފަހަރުގެ އެވޯޑް ހަފްލާ ބާއްވާފައި ވަނީ އޮމާންގައެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެންމެ ޝަރަފްވެރި އެވޯޑްކަމުގައިވާ، ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް މިއަހަރު ދިވެހިރާއްޖެއަށް ލިބުނީ، 18 ޤައުމަކާއި ވާދަކޮށެވެ. 2020 އަދި 2021 ވަނަ އަހަރުވެސް މި އެވޯޑް ލިބުނީ ދިވެހިރާއްޖެއަށެވެ.
މީގެ އިތުރުންވެސް ތަފާތު ގިނަ އެވޯޑްތަކެއް ވަނީ ރާއްޖެއަށް ލިބިފައެވެ. މިއެވޯޑުގައި ދޭ، ވޯލްޑް ލީޑިންގ ޓޫރިސްޓް ބޯޑުގެ އެވޯޑުވެސް ވަނީ އެމްއެމްޕީއާރްސީއަށް ލިބިފައެވެ. މިއީ މިއެވޯޑް އެމްއެމްޕީއާރްސީއަށް ލިބުނު ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން ރާއްޖެއަށް ލިބުނު އެވޯޑްތަކުގެ ތެރޭގައި، ވޯލްޑް ލީޑިންގ ސީޕްލޭން އޮޕަރޭޓަރގެ އެވޯޑް، ޓްރާންސް މޯލްޑިވިއަން އެއަރވޭސް އަށް އަދި، ވޯލްޑް ލީޑިންގ އެއަރޕޯޓް ހޮޓެލްގެ އެވޯޑް، ހުޅުލޭ އައިލެންޑް ހޮޓެލްއަށް ވަނީ ލިބިފައެވެ. މީގެ އިތުރުންވެސް ވޯލްޑް ޓްރެވަލް އެވޯޑްސްހގެ ގިނަ އެވޯޑްތަކެއް ރާއްޖޭގެ ރިޒޯޓުތަކުން ހާސިލްކޮށްފައިވެއެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ މަޤުބޫލު މަންޒިލަކަށް ވިދިވިދިގެން 3 އަހަރު ދިވެހިރާއްޖެ ހޮވުނު އިރު، ކޯވިޑަށްފަހު ރާއްޖޭގެ އިޤުތިޞާދު އަންނަނީ ބާރު ދުވެލީގައި އިޢާދަވަމުންނެވެ.