ދާރުލް އާސާރުގައި ހުރި ދުވަސްވީ ހިރިގަލުގެ ފޮއްޓެއް ---

އަންނަ ހޮނިހިރި ދުވަހު ޤައުމީދާރުލް އާސާރަށް ހިލޭ ވަދެވޭނެ

ބުދަ 23 ނޮވެމްބަރ 2022 | އައުޓްރީޗް

ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި، އަންނަ ހޮނިހިރު ދުވަހު ދާރުލް އާސާރަށް ހިލޭ ވަދެވޭ ގޮތަށް ހުޅުވާލައިފިއެވެ.

Advertisement


ޤައުމީ ދާރުލްއާސާރު އާއްމުކޮށް އެންމެނަށް ހިލޭ ވަނުމަށް ހުޅުވާލަނީ، ހޮނިހިރު ދުވަހުގެ ހެނދުނު، 10:00 އިން އެދުވަހުގެ އިރު އޮއްސި 6:00އަށެވެ.

ޤައުމީ ދާރުލް އާސާރަށް 70 އަހަރު ފުރިފައި ވަނީ މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގައެވެ. ބޮޑު ގަނޑުވަރުގެ ތެރޭގައި ހުރި އުސްގެކޮޅުގައި ދާރުލް އާސާރު އެންމެ ފުރަތަމަ ހުޅުވުނީ މީލާދީން، 1952 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގައެވެ. ބޮޑު ގަނޑުވަރު ތަޅާލިއިރު ހަމައެކަނި ތަޅާނުލައި ބެހެއްޓި ޢިމާރާތަކީ އޭރުވެސް ދާރުލްއާސާރު ހިންގަމުން އައި އުސްގެކޮޅެވެ. މިހާރު ދާރުލް އާސާރު ހިންގަމުން އަންނަނީ ޗައިނާ ސަރުކާރުން އަޅައިދިން އިމާރާތެއްގައެވެ. އެއިމާރާތް ހުޅުވުނީ، 26 ޖުލައި 2010ގައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދާރުލް އާސާރުގައި ރާއްޖެ އިސްލާމްވުމުގެ ކުރި އާއި ރާއްޖެ އިސްލާމްވުމުގެ ފަހުގެ އާސާރީތަކެއްތި ބެހެއްޓިގައި ވެއެވެ. އެހެން ނަމަވެސް ރާއްޖެ އިސްލާމްވުމުގެ ކުރީގެ ބުދު ދީނުގެ އާސާރުތަކުގެ ތެރެއިން ދާރުލްއާސާރުގައި ބެހެއްޓިފައި ހުރި ބުދުތައް 7 ފެބުރުއަރީ 2012ގައި، ދާރުލްއާސާރަށް ބަޔަކު ވަދެ ވަނީ ހަލާކުކޮށްލާފައެވެ.







ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.