އައްޑޫ ސިޓޫގެ ބިންހިއްކުމަށް ބޭނުންވާ މެޝިނަރީޒް ހިފައިގެން އައި ބޯޓު ހިތަދޫ ބަނދަރުގައި ---

އައްޑޫ ސިޓީގެ ބިންހިއްކުމަށް ބޭނުންވާ މެޝިނަރީޒް އައްޑުއަށް ގެންގޮސްފި

ހޮނިހިރު 24 ޑިސެމްބަރ 2022 | އައުޓްރީޗް

އައްޑޫ ސިޓީގެ ބިންހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވާ، ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖިންގެ މެޝިނަރީ އާއި އިކުއިޕްމެންޓްތައް ހިތަދޫ ބަނދަރަށް ގެންގޮސްފިއެވެ.

Advertisement


އައްޑޫ ސަރަހައްދީ ބަނދަރުން ހާމަކޮށްފައިވާ ގޮތުގައި، ވެން އޫޑްގެ މެޝިނަރީ އާއި އިކްއިޕްމަންޓާއި އެކު "އެޗްސީ މެލީނާ" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް މިއަދު ވަނީ އައްޑުއަށް ބަނދަރުކޮށްފައެވެ. ޚިޔާލުތަފާތުވުންތައް ބޮޑުވެފައިވާ އައްޑޫގެ ބިންހިއްކުމުގެ މަޝްރޫޢު ހަވާލުކޮށްފައިވާ ކުންފުނިން އެމަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، 1.3 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވޭ އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައި ވަނީ، މިއަހަރުގެ މާރޗު މަހުގެ 27 ވަނަ ދުވަހުއެވެ.

މިމަޝްރޫޢުގެ ދަށުން، އައްޑޫ ސިޓީގެ 4 ސަރަޙައްދެއްގައި ޖުމްލަ 228 ހެކްޓަރުގެ ބިންހިއްކާނެއެވެ. މިގޮތުން ބިން ހިއްކުމަށް ހަމަޖެހިފައިވަނީ ހިތަދޫއިން 90 ހެކްޓަރާއި، މަރަދޫ - މަރަދޫފޭދޫއިން 75 ހެކްޓަރާއި، ހުޅުމީދޫއިން 38 ހެކްޓަރު އަދި ރިސޯޓް ތަރައްޤީކުރުމަށް ހުޅުވާލުމަށްޓަކައި ފަޅުތެރެއިން 25 ހެކްޓަރެވެ.

އައްޑޫ ސިޓީގެ ބިންހިއްކުމުގެ މަސައްކަތް ނުފެށި ދިގުލައިގެން ގޮސްފައި ވަނީ ބިންހިއްކުމުގެ ސަބަބުން އައްޑުއަތޮޅުގެ ފަރުތަކާއި އެތެރެވަރިއަށް ލިބިގެންދާނެ ތިމާވެށީގެ ގެއްލުންތަކާއި ގުޅޭ އެސެސްމެންޓްތައް ކުރިޔަށް ގެންދިޔުމަށެވެ. އައްޑޫ ސިޓީގެ ބިންހިއްކުގެ މަޝޫޢު ކުރިޔަށް ނުގެންދިޔުމަށް ތިމާވެއްޓަށް ލޯބިކުރާ ބައެއް ފަރާތްތަކުން ގޮވާލާފައި ވީނަމަވެސް، އައްޑޫގެ މުސްތަޤުބަލުގެ ފައިދާއަށްޓަކައި އެމަޝްރޫޢު ހުއްޓައިނުލެވޭނެ ކަމަށް އައްޑޫގެ ރައްޔިތުންނާއި ކަމާއި ބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.









ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.