ސިޓީގެ ތިން ލަނޑުވެސް ޖެހީ ހާލާނަޑް: ފޮޓޯ-ޕްރިމިއަރ ލީގު

ހާލާންޑްގެ ހެޓްރިކް އިން މޮޅުވެ، ސިޓީން ކުޑަކުރި ފަރަގު އަނބުރާ އާސެނަލްއިން ހޯދީ މެޗުގެ ފަހުވަގުތު

ހޯމަ 23 ޖެނުއަރީ 2023 | އައުޓްރީޗް

ހާލާންޑްގެ ހެޓްރިކުން މޮޅުވެ ޗެމްޕިއަން މެންޗެސްޓަރ ސިޓީން ފަެަގު ކުޑަކޮށްފައިވަނިކޮށް، މެޗުގެ ފަހުވަގުތު މެންޗެސްޓަރ ޔުނައިޓެޑް އަތުން މޮޅުވެ އާސެނަލްއިން އަލުން ފަރަގު ބޮޑުކޮށްފިއެވެ.

Advertisement


ސިޓީން ވުލްވްސް ބަލިކުރީ 3-0 ނެވެ. މެޗުގައި ތިން ލަނޑުވެސް ޖެހީ ފޯވަޑް ހާލާންޑެވެ. ފުރަތަމަ ލަނޑު ފުރަތަމަ ހާފް ނިމެން ދަނިކޮށް، އަދި ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ޖެހީ ދެވަނަ ހާފްގެ ކުރީކޮޅުއެވެ. ދެވަނަ ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ. މިއީ މިސީޒަންގައި ސިޓީއަށް ބަދަލުވެ ހާލާންޑް އެޓީމަށް ޖަހައިދިން 31 ވަނަ ގޯލެވެ. 25 ގޯލާއެކު ޕްރިމިއަރ ލީގުގެ ލަނޑު ލިސްޓްގެ ކުރީގައި ހުރީވެސް ހާލާންޑެވެ.

އެއްވަނާގައި އޮތް އާސެނަލް މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު 2-2 ން އެއްވަރުވާން ދަނިކޮށް، މެޗުން މޮޅުވީ 90 ވަނަ މިނިޓްގައި އެޑީ އެންކެޓިއޭ ޖެހި ގޯލުންނެވެ. ރަޝްފޯޑްގެ ލަނޑުން ޔުނައިޓެޑް ފުރަތަމަ ކުރި ހޯދާފައިވަނިކޮށް، ނަތީޖާ ހަމަހަމަކޮށްދިނީވެސް އެންކެޓިއާއެވެ. އާސެނަލްގެ ދެވަނަ ލަނޑު ޖެހީ ސަކާއެވެ. ޔުނައިޓެޑްގެ ދެވަނަ ލަނޑު ޖެހީ ލިސަންދްރޯ މާޓީނޭޒްއެވެ. 

މިނަތީޖާތަކާއެކު އާސެނަލް އެއްވަނާގައި އޮތީ 19 މެޗުން 50 ޕޮއިންޓާއެކުއެވެ. ސިޓީ ދެވަނާގައި އޮތީ 20 މެޗުން 45 ޕޮއިންޓާއެކުއެވެ. ތިންވަނާގައި އޮތް ނިއުކާސަލްއާއި ހަތަރު ވަނާގައި އޮތް މެންޗެސްޓަރ ޔުނައިޓެޑަށްވެސް ލިބިފައިވަނީ 39 ޕޮއިންޓެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.