ކުޑަގިރި ފޮޓޯ: އެޗްދީސީ

ކުޑަގިރި ރަސްމީކޮށް ހުޅުވާނީ، ފެބުރުއަރީ 11ގައި: ތަރުޖަމާނު

ހުކުރު 03 ފެބްރުއަރީ 2023 | އައުޓްރީޗް

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިޔުމަށްޓަކައި، ސަރުކާރުން ތަރައްޤީ ކުރައްވަމުން ގެންދަވާރަށް، ކ. ކުޑަގިރި ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައި ވަނީ މިފެބުރުއަރީ މަހުގެ 11 ވަނަ ދުވަހުގައި ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިޢްވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

Advertisement


މިއުވާން މިހެން ވިދާޅުވީ، ރާއްޖޭގެ މީޑިއާތަކަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ދެއްވުމަށް ބާއްވަމުންދާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިއްޔެ ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުޑަގިރި އާއްމުންނަށް ހުޅުވާލުމަށް މީގެ ކުރިންވެސް ސަރުކާރު ތަފާތު ތާރީޚު ތަކެއް ދިނެވެ. އެހެން ނަމަވެސް އެންމެ އެކަށީގެންވާ ފެންވަރަށް ރަށުގެ ވަސީލަތްތައް ތަރައްޤީ ކުރެވިފައި ނުވާތީ އާއި ރަށުގައި ހިޔާދޭ ގަސްތައް ހެއްދިފައި ނުވާތީ، އާއްމުންނަށް އެރަށް ހުޅުވާލުން ފަސްކުރަމުން އައިސް މިހާރު އެރަށް ހުޅުވާލަން ނިންމަފައި ވަނީ ފެބުރުއަރީ 10 ގައެވެ.

ދަތުރުދާ މީހުންނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ޤާއިމްކޮށްފައިވާ ކުޑަގިރި ހިންގައި ބަލަހައްޓާނީ، އެޗްޑީސީގެ ފަރާތުންނެވެ.

ކުޑަގިރިއަކީ ސީދާ ޕިކްނިކްދާ ފަރާތްތަކަށް އަމާޒުކޮށްގެން ބިންހިއްކައިގެން ތަރައްޤީ ކުރެވޭ ރަށަށް ވާއިރު، އެރަށުގައި ދަތުރުދާ މީހުންނަށް ފަސޭހަވާނޭ ގޮތަށް އިންތިޒާމްތަކާއި ވަސީލަތްތައް ހަމަޖައްސާފައި ހުންނާނެއެވެ.

މާލެ ސަރަހައްދުގައި އާއްމު ދަތުރުދިޔުމަށް ބޭނުންކުރި ކުޑަ ބަނޑޮސް ބަނދުކޮށް އެރަށުގައި ރިޒޯޓެއް ތަރައްޤީކުރުމަށް ސަރުކާރުން އެރަށް ކުއްޔަށްދިނީ، 2012 ވަނަ އަހަރުގައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.