ލަންކާގެ ޓޫރިޒަމް މިނިސްޓަރ ފެނާންޑޯ ހަރިން

ރާއްޖެއާ ގުޅޭގޮތުން ދެއްކި ވާހަކަތަކަށް ލަންކާގެ ޓުއަރިޒަމް މިނިސްޓަރ މަޢާފަށް އެދިވަޑައިގެންފި

ހޯމަ 13 މާޗް 2023 | މޫސަ

ރާއްޖޭގެ ފަތުރުވެރިކަމަށް މަލާމާތްކޮށް ދެއްކި ވާހަކަތަކަށް އެންމެފަހުން، ލަންކާގެ ޓޫރިޒަމް މިނިސްޓަރ ފެނާންޑޯ ހަރިން ދެއްކެވި ވާހަކަތަށް އޭނާ މަޢާފަށް އެދިވަޑައިގެންފިއެވެ.

Advertisement


އެހެން ނަމަވެސް މަޢާފަށް އެދިވަޑައިގެން އޭނާ ކުރެއްވި ޓްވީޓުގައިވެސް ވިދާޅުވެފައިވަނީ އޭނާ ދެއްކެވި ވާހަކަތައް މީޑިއާތަކުން އޮޅުވައިލީކަމަށެވެ.

އޭނާ ވިދާޅުވީ، ބަރލިންގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ރީތިރަށްތަކާއި ގުޅޭ ގޮތުން ދެއްކި ވާހަކަތަކުގެ މަފްޙޫމް އޮޅުވާލައިގެން ސޯޝަލްމީޑިއާގައި ފަތުރާފައި ވާކަމަށެވެ. އަދި ދިމާވި ދަތިތަކާއި ކުރިމަތިވި އުނދަގޫތަކަށް މަޢާފަށް އެދޭ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. ފެނާންޑޯ ވިދާޅުވީ. އަވައްޓެރި ޤައުމުތަކާއި ގުޅިގެން ލަންކާގެ ޓޫރިޒަމް ކުރިޔަށް ގެންދިޔުމަށް މަސައްކަތް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ބަރލިން ފެއާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެނާންޑޯ ވިދާޅުވީ، ދިވެހިރާއްޖޭގައި އޮތީ ހަމައެކަނި ގޮނޑުދޮށްތައް ކަމަށެވެ. ފަސްވަރަކަށް ދުވަސް ފަހުން ފޫހިވެދާނެ ކަމަށާއި، ލަންކާގައި ފަތުރުވެރިން ޒިޔާރަތްކުރާނެ މާގިނަ ތަންތަން އެބަހުރި ކަމަށެވެ.

ފެނާންޑޯ ރާއްޖޭގެ ފަތުރުވެރިކަމަށް ކުޑއިމީސްކޮށް ދެއްކެވި ވާހަކަފުޅާއި ގުޅިގެން ސްރީލަންކާގެ ރައްޔިތުންނާއި، ދިވެހިރައްޔިތުންވެސް ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި ލަންކާގެ ބައެއް ރައްޔިތުންވަނީ ފެނާންޑޯއަށް ވަރަށް ބޮޑަށް ފާޑު ކިޔައި އޭނާގެ އިސްތިއުފާއަށްވެސް ގޮވާލާފައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.