
ދެ ކޮމަންޑޫ ގުޅާލުމަށް ބްރިޖުގެ ފައުންޑޭޝަން އަޅަން ތައްޔާރުވެއްޖެ
ށ.ކޮމަންޑޫ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަންއާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގެ ދަށުން ބްރިޖުގެ ފައުންޑޭޝަން އެޅުމަށް ތައްޔާރުވެއްޖެއެވެ.

މިމަޝްރޫއުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން މަސައްކަތަށް ބޭނުންވާ ޖިއޯ ޓެކްނިކަލް ސާވޭ މިހާރު ނިމިފައިވާ ކަމަށެވެ. އަދި މި ސާވޭގެ ދަށުން ބުރިޖުގެ ފުންމިން ބެލުމަށް ބޯހޯލު ތޮރުފައިގެން ބެޑްރޮކް ހުރި މިންގަނޑު ބަލައި ނިމިފައިވާ ކަަމަށެވެ. އަދި މި ސާވޭގެ ހޯދުންތަކަށް ބިނާކޮށް ބްރިޖުގެ ފައުންޑޭޝަން އެޅުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.
އެކުންފުނިން ބުނީ، މިމަޝްރޫއުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކައި، 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 1690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މަތިކޮމަންޑޫ ބިން ހިއްކައި ކޮމަންޑޫއާ ގުޅުވާލުމަށް އެމްޓީސީސީއާ ހަވާލުުކޮށްފައިވާ މިމަޗްރޫއަކީ، 235.75 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.