
މެޗުގައި ދެ ލަނޑު ޖެހި މެކްޓޮމިނޭއީ: ފޮޓޯ-ސްކޮޓްލެންޑް ޤައުމީ ޓީމް ޓްވީޓަރ
39 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ސްޕެއިން ބަލިކޮށް، ސްކޮޓްލެންޑް ގްރޫޕްގެ އެކަކަށް!
ބުދަ 29 މާޗް 2023
| އައުޓްރީޗް
39 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ސްޕެއިން ބަލިކޮށް، ޔޫރޯ ކޮލިފައިންގ ގްރޫޕްގެ އެއްވަނައަށް ސްކޮޓްލެންޑް ޖެހިލައިފިއެވެ.
Advertisement

މަޝްހޫރު، ވަރުގަދަ ސްޕެއިންގެ މައްޗަށް ސްކޮޓްލެންޑުން ކުރި ހޯދީ 2-0 ނެވެ. މެޗުގައި ސްކޮޓްލެންޑްގެ ދެ ލަނޑުވެސް ޖަހާ، މެޗުގެ ތަރިއަކަށްވީ މެކްޓޮމިނޭއީއެވެ. ހަތް މިނިޓްގެ ތެރޭގައި އޭނާ ވަނީ ސްޕެއިންގެ ގޯލް ހުޅުވާލާފައެވެ.
މިއީ 39 އަހަރުގެ ތެރޭގައި ވާދަވެރި މެޗެއްގައި ސްޕެއިން އަތުން ސްކޮޓްލެންޑް ހޯދި ފުރަތަމަ މޮޅެވެ. މިމޮޅާއެކު ސްކޮޓްލެންޑް އޮތީ ހަ ޕޮއިންޓާއެކު ގްރޫޕް އޭގެ އެއްވަނާގައެވެ. ސްޕެއިން ދެވަނާގައި އޮތީ ތިން ޕޮއިންޓާއެކުއެވެ.