
ގުޅި ބާކީކޮށްލާފަ އޮތް އޮތުން ނިމުމަކަށް ގެނެސްދެއްވީތީ ކައުންސިލްގެ ރައީސް އެމްޑީޕިއަށް
މިދިޔަ ސަރުކާރުތަކުން ކ.ގުޅި ބާކީކޮށްލާފައި އޮތް އޮތުން ނިމުމަކަށް ގެނެސްދެއްވީތީ އެރަށު ކައުންސިލް ރައީސް މޫސާ ސާފިލް އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

އޭނާ އެމްޑީޕީއަށް ސޮއިކުރެއްވީ ގުޅި ހިމެނޭ ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓް އިބްރާހީމް ޝާޒްގެ ކެޕްއިން އިވެންޓެއްގެ ތެރެއިންނެވެ. އެއިވެންޓްގައި އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ބައިވެރިވެވަޑައިގެންނެވިއެވެ.
ސޮއިކުރެއްވުމަށްފަހު ގުޅި ކައުންސިލް ރައީސް ވިދާޅުވީ ގުޅީގެ ތަރައްޤީއަށް ބޭނުންވާ އެންމެހާ ކަންކަން އެންމެ ފުރިހަމަގޮތުގައި ކޮށްދެއްވަމުން ގެންދަވާކަން ހިތުގެ އަޑިން ޤަބޫލުކުރައްވާކަމަށެވެ. އެމްޑީޕީއަށް ސޮއިކުރެއްވީ މިހާރު ކުރިއަށްދާ ކަންކަމާއި، ކުރިއަށްގެންދެވެން ހުރި އެންމެހާ ކަންކަން ކުރިއަށް ގެންދިއުމުގައި ސަރުކާރަށް އިތުބާރާއި ޔަޤީންކަން ދިނުމުގެ ގޮތުންކަމަށް ވިދާޅުވިއެވެ.
އެކަންވާނީ މިއަދުގެ ސަރުކާރާއެކު އަޅުގަނޑުމެން އެންމެން ތިބެގެން. އަދި ވަކިން ޚާއްޞަކޮށް އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަންގައި ހޮވައިގެން
މޫސާ ސާފިލް ގުޅި ކައުންސިލް ރައީސްކަމަށް އިންތިޚާބުވީ އަމިއްލަގޮތުން ވާދަކުރައްވައިގެންނެވެ.