އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ---

އެމްޓީސީސީގެ ފައިދާއިން ހިއްސާދާރުންނަށް އުފާވެރިކަން: ޙިއްސާގެ ފައިދާގެ ގޮތުގައި، 32 މިލިޔަން ރުފިޔާ ބަހަން ނިންމައިފި

ހޮނިހިރު 13 މެއި 2023 | މޫސަ

ކުންފުނީގެ 42 އަހަރުގެ ދިގު ތާރީހުގައި ވެސް ހިއްސާދާރުންނަށް އެންމެ ބޮޑު ފައިދާއެއް ލިބޭ ފަހަރަކީ މިފަހަރުކަމުގައި ވާނެ ކަމަށާއި، ޙިއްސާދާރުންނަށް، ހިއްސާގެ ފައިދާގެ ގޮތުގައި 32.15 މިލިއަން ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމުގައި އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

Advertisement


އެސްއޯއީތަކުގެ ތެރެއިން އެންމެ ރަނގަޅަށް ހިންގަމުން އަންނަ، އަދި އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ ކުންފުނީގެ ގޮތުގައި އެމްޓީސީސީ ވެފައިވާއިރު އެކުން ފުނިން، ނިންމާފައި ވަނީ، 5 ރުފިޔާގެ މޫނުމަތީ އަގުގެ ކޮންމެ ޙިއްޞާއަކަށް 4ރ ގެ މަގުން ޙިއްޞާގެ ފައިދާ ބެހުމަށެވެ. އެހެން ކަމުން މިއަހަރަކީ، ޙިއްސާގަނެފައިވާ ފަރާތްތަކަށް އެންމެ ބޮޑު ފައިދާއެއް ލިބިގެންދާނެ އަހަރަށް ވާނެއެވެ.

އެމްޓީސީސީގެ މާލީ ހިސާބުތައް އެކުންފުނިން މިހާރު އާއްމުކޮށްފައި ވާއިރު، 2022 ވަނަ އަހަރު ޖުމްލަ 2.47 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން 324.16 މިލިއަން ރުފިޔާ ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އޭގެ ކުރީ އަހަރުގައި 1.97 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން އެކުންފުންޏަށް ފައިދާއަށް ލިބިފައި ވަނީ 319.25 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީން ވިދާޅުވީ، 2022 ވަނަ އަހަރަކީ ކުންފުނީގެ ތާރީހުގައި ރިކޯޑްކުރެވިފައިވާ އެންމެ ބޮޑު އާމްދަނީ އަދި ހިންގުމުގެ ފައިދާ ހާސިލުކުރެވުނު އަހަރުކަމަަށެވެ.

ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ އެންމެ މުހިއްމު ބައިވެރިއަކީ، އެމްޓީސީސީއެވެ. މިދިޔަ އަހަރު މުޅިން އަލަށް 65 މަޝްރޫއަކާ ހަވާލުވެ، 42 މަޝްރޫއުއެއްގެ މަސައްކަތް އެކުންފުނިން ވަނީ ނިންމާފައެވެ. އަދި މިހާރުވެސް ގިނަ އަދަދެއްގެ ޢުމުރާނީ ތަރައްޤީގެ ބިޔަ މަޝްރޫޢުތައް އެކުންފުނިން ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި ބިންހިއްކުމާއި އެއާޕޯޓްތައް އެޅުމުގެ ބިޔަ މަޝްރޫޢުތައް ހިމެނެއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.