
މާޒިޔާއާއި ސަސް ވެސް ދެވަނަ މެޗުން މޮޅު!
ޗެމްޕިއަން މާޒިޔާއާއި ސުޕަރ ޔުނައިޓެޑް ސްޕޯރޓްސް (ސަސް) ވެސް ދިވެހި ޕްރިމިއަރ ލީގުގައި ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށްފިއެވެ.

މާޒިޔާ ދެވަނަ މެޗު ކާމިޔާބުކުރީ ކްލަބް ގްރީން ސްޓްރީޓްސްއާ ވާދަކޮށް 5-0 ނެވެ. މެޗުގައި މާޒިޔާގެ ފަސް ލަނޑު ޖެހީ ފަސް ކުޅުންތެރިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ލަނޑު ލިސްޓުން ޖާގަ ނުލިބުނު ފޯވާޑް ހަސަން ނަޒީމް (ޗޯޓް) އެވެ. ފުރަތަމަ ހާފްގައި މާޒިޔާގެ ފުރަތަމަ ހަތަރު ލަނޑު ޖެހީ ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި އަލީ ފާސިރު (ސެންޓޭ) އާއި، ހަމްޒާ މުޙައްމަދު (ހަމްޕު) އާއި ޑިފެންޑަރ ސަމޫހު އަލީ (ސަމުއްޓެ) އެވެ. ދެވަނަ ހާފްގައި މާޒިޔާގެ ފަހު ލަނޑު ޖެހީ ސްޓެފަން މިހަލޮވިޗެވެ.
ސަސް ދެވަނަ މެޗު ކާމިޔާބުކުރީ ޔުނައިޓެޑް ވިކްޓްރީއާ ވާދަކޮށް 3-0 ނެވެ. ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އަލީ ނަސޫހު ރަޝީދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. ސަސްއަށް ދެން ލަނޑު ޖަހައިދިނީ އައިހަމް އަހުމަދެވެ.
ސަސްގެ މައްޗަށް ލީގު ތާވަލްގައި މާޒިޔާއިން ކުރިހޯދަނީ ފައިދާ ގޯލުންނެވެ.