
13 އަހަރު ތެރޭގައި އިންޓަރ މިލާން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ފައިނަލަށް
13 އަހަރުގެ ތެރޭގައި އިންޓަރ މިލާން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ފައިނަލުން ޖާގަ ހޯދައިފިއެވެ.

އިންޓަރ މިލާން ފައިނަލުން ޖާގަހޯދީ ވާދަވެރި އޭސީ މިލާނުގެ މައްޗަށް ދެ ލެގުގައިވެސް ކުރިހޯދައިގެންނެވެ. ފުރަތަމަ ލެގުގައި 2-0 ން އަދި ދެވަނަ ލެގުގައި ކުރި ހޯދީ 1-0 ނެވެ. ދެވަނަ ލެގުގައި އިންޓަރ މިލާން މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ލައުޓާރޯ މާޓިނޭޒްއެވެ.
މީގެކުރިން އިންޓަރ މިލާނުން ވަނީ ދެފަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ އެއާހިލާފަށް އޭސީ މިލާނަކީ ދެވަނައަށް އެންމެ ގިނައިން މުބާރާތް ކާމިޔާބުކުރި ކްލަބެވެ. ފައިނަލްގައި އިންޓަރ މިލާން ވާދަކުރަން ޖެހޭނީ އެންމެ ގިނައިން މުބާރާތް ކާމިޔާބުކުރި ރެއާލް މެޑްރިޑް ނުވަތަ އަލަށް މުބާރާތް ކާމިޔާބުކުރަން މަސައްކަތްކުރާ މެންޗެސްޓަރ ސިޓީއާއެވެ. ސެމީފައިނަލްގައި އެދެޓީމް ވާދަކުރި ފުރަތަމަ ލެގު ރެއާލްގެ ދަނޑުގައި ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. ދެވަނަ ލެގު މިރޭ ކުޅޭނީ ސިޓީގެ ދަނޑުގައެވެ.