
އާސެނަލް ބަލިވުމުން، ސިޓީއަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަމަށް ވާދަކުރަމުން އައި އާސެނަލް ނޮޓިންގހަމް ފޮރެސްޓް އަތުން ބަލިވުމުން ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުޞަތު އެޓީމަށް ގެއްލި، މެންޗެސްޓަރ ސިޓީއަށް ޗެމްޕިއަންކަން ކަށަވަރުވެއްޖެއެވެ.

ވިދިވިދިގެން ތިންވަނަ ފަހަރަށް ސިޓީއަށް ލީގު ޗެމްޕިއަންކަން ކަށަވަރުވިއިރު އެޓީމަށް ބާކީ ތިން މެޗު އެބައޮތެވެ. ސިޓީ އެއްވަނާގައި އޮތީ 35 މެޗުން 85 ޕޮއިންޓާއެކުއެވެ. ދެވަނާގައިވާ އާސެނަލްއަށް ލިބިފައިވަނީ 81 ޕޮއިންޓެވެ. ބާކީ އާސެނަލްއަށް އޮތީ އެއް މެޗެވެ. އެހެންކަމުން ސިޓީއާ އަރާ ހަމަކުރެވޭނެ އެއްވެސް ފުރުޞަތެއް ނެތެވެ. ސިޓީން މިރޭ ޗެލްސީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗު ވާނީ އުފާފާޅުކުރަން ލިބޭ ފުރުޞަތަކަށެވެ.
ނޮޓިންގހަމް ފޮރެސްޓް އަތުން އާސެނަލް ބަލިވީ 1-0 ނެވެ. އާސެނަލް ކޮޅަށް ލަނޑުޖެހީ ޓައިވޯ އަވޮނިޔީއެވެ. މިމޮޅާއެކު ނޮޓިންގހަމް ފޮރެސްޓަށް ވަނީ ރެލިގޭޝަނުން ސަލާމަތްވެސް ލީގުގައި ދެމިއޮތުމުގެ ފުރުޞަތު ލިބިފައެވެ.
އަނެއްކޮޅުން މިސީޒަންގައި ތިން ތަށި ހޯދުމުގެ ފުރުޞަތު މެންޗެސްޓަރ ސިޓީއަށް އެބައޮތެވެ. އެޓީމް އޮތީ ޗެމްޕިއަންސް ލީގާއި އެފްއޭަކަޕްގެވެސް ފައިނަލްގައެވެ.