
މާފަރު އެއަރޕޯޓް. ފޮޓޯ: ސޯޝަލް މީޑިއާ
ނ.މާފަރު އެއަރޕޯޓުގައި އެކްސްކަވޭޓަރެއް ފުރޮޅާލާއި މީހަކު މަރުވެއްޖެ
ބުރާސްފަތި 25 މެއި 2023
| ހަމްޒާ
ނ.މާފަރު އެއަރޕޯޓުގައި އެކްސްކަވޭޓަރެއް ފުރޮޅާލާއި މީހަކު މަރުވެއްޖެއެވެ.
Advertisement

ފުލުހުން ބުނީ، މިހާދިސާގައި މަރުވެފައިވަނީ އެ އެސްކަވޭޓަރ ދުއްވައިން އިން އުމުރުން 35 އަހަރުގެ އިންޑިއާގެ ރައްޔިތެއް ކަމަށެވެ.
އަދި އެމީހާ މަރުވެފައިވަނީ، މާފަރު އެއަރޕޯޓްގެ ރަންވޭގެ މަސައްކަތުގައި ބޭނުން ކުރަމުން ދިޔަ އެކްސްކަވޭޓަރެއް ފުރޮޅާލައިގެން ކަމަށާއި، މާފަރު ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމުގެ ރިޕޯޓް 9:27 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.