
އަތިލައިގަތް ބޯޓު --- ފޮޓޯ އެމްއެންޑިެފް
ރާއްޖޭގެ ސަރަހައްދުން އަތުލައިގަތް މަސްބޯޓެއް ފުލުހުންނާއި ހަވާލުކޮށްފި
ހުކުރު 26 މެއި 2023
| މޫސަ
ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް އަތުލައިގަތް ބޯޓު ފުލުހުންނާއި ހަވާލުކޮށްފިއެވެ.
Advertisement

އެމްއެންޑީއެފުން ބުނީ، މެއި 24 ވަނަ ދުވަހު އެމްްެއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީއިން އަތުލައިގަތް ސްރީލަންކާގެ މަސް ބޯޓު "ސަތަސަރާނި 06" މިއަދު ހެނދުނު 06:00 ހާއިރު މާލެ ގެނެސް، ފުލުހުންނާ ހަވާލުކޮށްފައިވާކަމަށެވެ.
މިބޯޓު އަތުލައިގަތީ، ވ.އަތޮޅުގެ އިރުން 109 ނޯޓިކަލް މޭލު ބޭރުން ކަމަށާއި ބޯޓުގައި 6 ފަޅުވެރިން ތިބިކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.