އެމްޑަބުލިޔުއެސްސްސީގެ މެމޭޖިންގ ޑައިރެކްޓަރ ޙަސަން ޝާޚް ---

މިދައުރުގައި އެމްޑީޕީން ހޯދާފައި ވަނީ އިންޤިލާބީ ކުރިއެރުމެއް: ޝާޚު

ހުކުރު 26 މެއި 2023 | މޫސަ

މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ)ގެ 28 އަހަރުވީ، ތާރީޚުގައި މިދައުރުގެތެރޭގައި އެކުންފުނިން އިންޤިލާބީ ކުރިއެރުންތަކެއް ޙާޞިލްކޮށްފައިވާ ކަމުގައި އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރ ޙަސަން ޝާޚު ވިދާޅުވެއްޖެއެވެ.

Advertisement


ޝާޚު މިހެން ވިދާޅުވީ، އެމް.ޑަބްލިޔު.އެސް.ސީގެ 28 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ، ހެންވޭރު ދަނޑުގައި ބޭއްވި ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ޝާހުގެ ވާހަކަފުޅުގައި ވިދާޅުވީ، ތަފާތު 31 ރަށެއްގައި ފެނާއި ނަރުދަމާއާ ގުޅުން ހުރި، 68 އެކުންފުނިން ދަނީން ހިންގަމުން ކަމަށާއި އޭގެ ތެރެއިން، 28 މަޝްރޫޢެއްގެ މަސައްކަތް ނިންމައި ރައްޔިތުންނަށް އޭގެ މަންފާ ދަނީ ކުރަމުން ކަމަށެވެ. އަދި ބާކީ 40 މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިންމާލެވިފައި ކަމުގައިވެސް ވެސް ޝާޚް ވިދާޅުވިއެވެ. 

"މިހާތަނަށް މިދައުރުގައި ކޮށްނިންމިފައިވާ މަސައްކަތުގެ އަގު، އެއްބިލިޔަން ރުފިޔާއަށް އަރާ. މިީ އެމްޑަބުލިޔުއެސްސީގެ ފާއިތުވެ ދިޔަ ދިގުތާރީޚުގައި، މީގެ ކުރިން ހިންގާފައި ހުރި ޖުމުލަ މަޝްރޫޢުތަކުގެ އަދަދާއިވެސް ނުބައްދަލު މިންވަރެއްކަން އުފަލާއިއެކު ފާހަގަކުރަން" ޝާޚު ވިދާޅުވިއެވެ.

ޝާޚު ވިދާޅުވީ، އެމް.ޑަބްލިޔު.އެސް.ސީއަށް ހޯދުނު ކުރިއެރުންތަކަކީ ރާއްޖޭގެ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑަިއގެންނެވި ރިޔާސީ ވަޢުދުގެ ތެރެއިން، އެމްޑަބުލިޔުއެސްސީއާ ހަވާލުކުރެވުނު މަޝްރޫޢުތަކުގެ ސަބަބުން ޙާޞިލްކުރެވުނު ކުރިއެރުންތައް ކަމަށެވެ.

ޝާޚު ވިދާޅުވީ، އެކުންފުންޏާއި ހަވާލުވެފައިވާ ހުރިހާ މަސައްކަތްތަކެއް މިދައުރުގެ ތެރޭގައި ނިންމައި ލެވޭނެ ކަމަށެވެ. މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އުފައްދަވާފައި ވަނީ، 1 އޭޕްރީލް 1995 ގައެވެ. އެކުންފުނީގައި މިހާރު 1247 މުވައްޒަފުން މަސައްކަތް ކުރަމުންގެންދެއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.