ޔޫރަޕްގެ ޗެމްޕިއަން ޓީމަކީވެސް ސިޓީ: ފޮޓޯ-މެންޗެސްޓަރ ސިޓީ

ވަރލްޑް ކަޕުން އެންމެ ގިނަ ފައިސާ ލިބުނު ކްލަބަކަށް މެންޗެސްޓަރ ސިޓީ

ބުރާސްފަތި 13 ޖުލައި 2023 | އައުޓްރީޗް

މިދިޔަ އަހަރު ނޮވެމްބަރު/ޑިސެމްބަރު މަހު ގަތަރުގައި އޮތް ފީފާ ވަރލްޑްކަޕުން އެންމެ ގިނަ ފައިސާ ލިބުނު ކްލަބަކަށް، މެންޗެސްޓަރ ސިޓީ ވެއްޖެއެވެ.

Advertisement


ފީފާއިން އާއްމުކުރި ލިސްޓްގައިވާ ގޮތުން މެންޗެސްޓަރ ސިޓީއަށް 4.60 މިލިއަން ޑޮލަރު ލިބެއެވެ. ސިޓީއަކީ ޔޫރަޕާއި, އިނގިރޭސި ވިލާތުގެވެސް ޗެމްޕިއަން ޓީމެވެ. ދެވަނައަށް އެންމެ ގިނަ ފައިސާ ލިބުނީ ސްޕެއިންގެ ބާސެލޯނާއަށެވެ. އެއީ 4.50 މިލިއަން ޑޮލަރެވެ. 4.30 މިލިއަން ޑޮލަރާއެކު ތިންވަނާގައި އޮތީ ޖަރުމަނުގެ ބަޔާން މިއުނިކެވެ. ހަތަރުވަނައަށް އެންމެ ގިނަ ފައިސާ ލިބުނީ ރެއާލް މެޑްރިޑާއި ޕީއެސްޖީއަށެވެ. ފީފާގެ ސްކީމްގެ ތެރެއިން އެންމެ ގިނައިން ފައިސާ ލިބުނު ފަސް ކްލަބްގެ ތެރޭގައި ހިމެނޭ ހަމައެކަނި އިނގިރޭސި ކްލަބަކީ މެންޗެސްޓަރ ސިޓީއެވެ.

ފީފާއިން ފައިސާ ދެނީ ކުޅުންތެރިން ވަރލްޑްކަޕްގައި ހޭދަކުރާ މުއްދަތުގައި ކޮންމެ ކުޅުންތެރިއަކަށް، ދުވާލަކަށް 10,950 ޑޮލަރުގެ ރޭޓުންނެވެ. ފައިސާ ދެނީ ގައުމީ ޓީމަށް ކުޅުންތެރިން ދޫކުރާ ދުވަހުން ފެށިގެން އެ ކުޅުންތެރިއަކަށް މުބާރާތް ނިމޭ ދުވަހުގެ ނިޔަލަށެވެ. 440 ކްލަބަކަށް މި ސްކީމްގެ ދަށުން ފައިސާ ދިނެވެ. ވަރލްޑްކަޕްގައި މެންޗެސްޓަރ ސިޓީގެ 16 ކުޅުންތެރިއަކު ކުޅުނެވެ. ޗެމްޕިއަންކަން ހޯދި އާޖެންޓީނާ ޓީމުގައި ހިމެނޭ ސިޓީގެ ހަމައެކަނި ކުޅުންތެރިއަކީ ފޯވާޑް، އަލްވާރޭޒްއެވެ.

އިނގިރޭސި ކްލަބްތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނަ ފައިސާ ލިބުނީ މެންޗެސްޓަރ ޔުނައިޓެޑާއި ޗެލްސީއަށެވެ. ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބުނީ ސްޕެއިންގެ ކްލަބްތަކަށެވެ. ދެވަނަ ޖަރމަނީގެ ކްލަބްތަކަށެވެ. ތިންވަނައަށް އެންމެ ގިނަ ފައިސާ ލިބުނީ ވަރލްޑް ކަޕަށް ކޮލިފައިނުވާ އިޓަލީގެ ކްލަބްތަކަށެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.