
އިންޑިއާ ސިފައިންގެ އުޅަނދުތަކެއް ޖައްމޫ ކަޝްމީރުގައި ---
ކަޝްމީރުގައި އިންޑިއާ ސިފައިންގެ އުޅަނދެއް ފުރޮޅާލައި މަދުވެގެން 8 މީހުން މަރުވެއްޖެ
ހޮނިހިރު 19 އޮގަސްޓް 2023
| މޫސަ
ކަޝްމީރުގައި އިންޑިއާއިން ކޮންޓްރޯލް ކުރާ ފަޅީގައި އޮންނަ ލައްދާ ޑިސްޓްރިކްޓްގައި އިންޑިއާ ސިފައިން ދަތުރުކުރި އުޅަނދެއް މަގުން ކައްސާލުމުގެ ސަބަބުން ސިފައިން މީހުންތަކެއް މަރުވެއްޖެއެވެ.
Advertisement

އިންޑިއާގެ ރަސްމީ ފަރާތްތަކުން ޚަބަރުދީފައިވާ ގޮތުގައި، ލައްދާގެ ނިޔޯމްގައި ހިނގި މިހާދިސާގައި މަދުވެގެން ސިފައިންގެ 8 މީހަކު މަރުވެފައިވާ ކަމަށް ވަނީ ބެލެވިފައެވެ. މަގުން ކައްސާލި އުޅަނދު ވެއްޓިފައި ވަނީ ތިރި ހިސާބަކަށް ކަމުން، މީހުން ހޯދުމާއި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައިވެސް އިންޑިއާގެ ރަސްމީ ފަރާތްތަކުން ބުނެފައިވެއެވެ.
މިހާދިސާ އާއި ގުޅޭ އިތުރު ތަފްސީލްތަކެއް އަދި އިންޑިއާ އަސްކަރިއްޔާ އަކުން ހާމައެއް ނުކުރެއެވެ.