"ކުދިރަށެއް - ބޮޑު ރަށެއް" ބެލުމެއް ނެތި ރާއްޖެއަށް ތަރައްޤީ ގެންނެވި ރައީސް އިބުރާޙިމް މުހައްމަދު ޞާލިޙް / ފޮޓޯ: އެމްޑީޕީ

"ކުޑަރަށެއް – ބޮޑުރަށެއް" ގެ ބާނީ ރައީސް އިބުރާހިމް ޞާލިޙް

ހުކުރު 15 ސެޕްޓެމްބަރ 2023 | އަހުމަދު ދާއޫދު

އަޅުގަނޑުމެންގެ މިކުޑަ ކުޑަ ދިވެހި ރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމެކެވެ. މި ކުދި ކުދި ޖަޒީރާ ރަށްތަކަކީ އާބާދީގެ ގޮތުން ބަލާއިރު އެކިވަރަށް މީހުން ދިރިއުޅޭ އަދި ސައިޒުގެ ގޮތުން ބަލާއިރު އެކިއެކި ސައިޒުތަކަކުން އުފެދިފައިވާ ރަށްތަކެކެވެ.

Advertisement


ޒަމާނުންސުރެ ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި އެންމެހައި ބޭފުޅުން ރާއްޖޭގެ އަތޮޅުތަކުގައި ދިރިއުޅެމުން ގެންދާ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މި ދެންނެވި އާބާދީ އާއި ރަށުގެ ސައިޒުގެ ތަފާތުތައް ގެންދިޔައީ ވަރަށް ބޮޑަށް ގެންގުޅެމުންނެވެ. ތަރައްޤީގެ ގިނަ ބޮޑަތި މަޝްރޫޢުތައް އާބާދީގެ ގޮތުން ގިނަ މީހުން ދިރިއުޅޭ އަދި ސައިޒުގެ ގޮތުން ބޮޑަތި ރަށްތަކަށް އެސަރުކާރުތަކުން ގެންދިޔައީ ބިޔަ ބޮޑަތި މަޝްރޫޢުތައް ހިންގަމުންނެވެ. އާބާދީގެ ގޮތުން މަދު މީސްކޮޅެއް ދިރި އުޅޭ އަދި ސައިޒުގެ ގޮތުން ކުދި ރަށްތައް ދިޔައީ ތަރައްޤީގެ ގޮތުން "ބާކީ" ކުރެވެމުންނެވެ.

މިފަހަކާއި ޖެހެންދެން އާދެ! މިއަދުގެ ރައީސުލް ޖުމުހުރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަލްފާޟިލް އިބުރާޙިމް މުޙައްމަދު ޞާލިޙް ދިވެހި ރާއްޖޭގެ ޒަޢާމަތާއި ހަވާލުވެ ލައްވަންދެން މިދެންނެވި ތަފާތު އޮތްކަމުގައި ވިޔަސް އިއްޒަތްތެރި ރައީސުލް ޖުމުހުރިއްޔާ ވަނީ" ކުދިރަށެއް-ބޮޑުރަށެއް"ގެ ކޮންސެޕްޓް ދިވެހިރާއްޖެއަށް ތަޢާރަފު ކުރައްވާ ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަކީ ތަރައްޤީ އާއި އަސާސީ ޚިދުމަތްތައް ފޯރުކޮށް ދިނުމުގައި ހަމަހަމަ ވާންޖެހޭނެ ބައެއްކަން ޢަމަލީގޮތުން ދައްކަވާފައެވެ.

"ކުދިރަށެއް - ބޮޑު ރަށެއް" ބެލުމެއް ނެތި ރާއްޖެއަށް ތަރައްޤީ ގެންނެވި ރައީސް އިބުރާޙިމް މުހައްމަދު ޞާލިޙް / ފޮޓޯ: އެމްޑީޕީ

މިއަދު އަޅުގަނޑުމެން ދިވެހިރާއްޖޭގެ މި ހިތްގައިމު ކޮންމެ ޖަޒީރާ ރަށަކީވެސް ތަރައްޤީގެ އެތަށް އެތަށް މަޝްރޫޢެއް ހިނގަމުންދާ އަދި ބިޔަ ބޮޑަތި އެތަށް މަޝްރޫޢެއް ހިންގާ ނިމި އެ މަޝްރޫޢުތަކުގެ ލުއި ފަސޭހަކަން އެރަށްތަކުގެ ރައްޔިތުންނަށް ލިބެމުންދާ ރަށްތަކެކެވެ. ރައީސް އިބުރާޙިމް ޞާލިހްގެ ވެރިކަމުގައި ކުދި ރަށްރަށް ބާކީ ކޮށްލުމުގެ ދޯހަޅި ސިޔާސަތުވަނީ މުޅިން ނިމުމަކަށް ގެންނަވާފައެވެ. އަދި އާބާދީގެ ގޮތުން ގިނަ މީހުން ދިރިއުޅެމުން ގެންދާ އެއްވެސް ރަށެއް ބާކީ ކުރައްވާފައެއް ނުވެއެވެ. އާބާދީގެ ގޮތުން ބޮޑަތި ރަށްތަކަށްވެސް އެމަނިކުފާނުގެ ޒަޢާމަތުގައި އެގެންދަވަނީ މީގެ ކުރިން ރާއްޖޭގެ މިފަދަ ރަށްތަކުގައި ނުހިންގާ ފަދަ ބިޔަ ބޮޑަތި މަޝްރޫޢުތައް ހިންގަވަމުންނެވެ.

ރާއްޖޭގެ ރައްޔިތުންނަކީ ވަކިން ހާއްޞަކޮށް ޒުވާނުންނަކީ ވަޒީފާއެއްގެ ގޮތުގައި، ކާންބޯން ކުރާނެ މަސައްކަތެއް ލިބިފައި ނުވާ ބަޔަކަށްވާއިރު ރައީސް ޞާލިޙްގެ ވެރިކަމުގައި ކުޑަރަށެއް ބޮޑުރަށެއް ، އާބާދީގެ ގޮތުން މަދު މީސްކޮޅެއް އުޅޭ ރަށެއް އަދި ޢާބާދީ ގިނަ ރަށެއް ބެއްލެވުމެއް ނެތި ރައްޔިތު މީހާ އެމީހެއްގެ އަމިއްލަ ފަސްގަޑުގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ އެތަށް އެތަށް ފުރުޞަތެއް އަދުގެ ރައީސުލް ޖުމުހުރިއްޔާ ވަނީ ތަނަވަސް ކޮށްދެއްވާފައެވެ.

މިކަމުގެ ނަތީޖާއަކަށް ވެގެންދަނީ ރާއްޖޭގެ މުޖުތަމަޢުއަކީ ކުށްމަދު އުފާވެރި ހިތްހަމަޖެހުމާއި، އަރާމުކަމާއި އެކު ދިރިއުޅޭ ރައްޔިތުން ތަކެއް ދިރިއުޅޭ މުޖުތަމަޢުއަކަށް ވެގެން ދިއުމެވެ. އެ ރަށްޔިތުންނަށް އަމިއްލަ ފަސްގަނޑުގައި އަމިއްލަ ވަޒަނުގައި ތިބިގެން ޒަރޫރީ އެންމެހައި ބޭނުންތައް ފުއްދާލުމުގެ ފުރުޞަތު ލިބިގެން ދިއުމެވެ. އަދުގެ ނޫކަށި ފުރައިގެން ޒުވާނުންނަށް އެ ޒުވާނުންގެ މައިންބަފައިން އަދި އަބިދަރިން ނުވަތަ ފިރިން ގާތުގައި ތިބެ ވަޒީފާ އަދާކޮށްލުމުގެ ހިތްހަމަޖެހުން ލިބިގެން ދިއުމެވެ.

ވޭތުވެގެން މިދާ ރައީސް އިބުރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް ވުރެ މި ދިވެހި ޤައުމަށް އަދި ވަކިންހާއްޞަކޮށް ދިވެހި ރާއްޖޭގެ ކުދިކުދި ޢަބާދީތައް އެކުލެވޭ މި ކުދި، ކުދި ޖަޒީރާ ރަށް ތަކަށް އަޅާލެއްވި ދެވަނަ އެހެން ވެރިއެއް އަދި ސަރުކާރެއް މި ޤައުމު ދެކެފައެއް ނުވެއެވެ. ރައީސް ޞާލިޙްގެ ޒަޢާމަތުގައި ރާއްޖޭގެ ރަށްތަކުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެބޮޑު އަސާސީ އަދި ޒަރޫރީ ބޭނުންކަމަށްވާ ފެނާއި ނަރުދަމާގެ މައްސަލަ ހައްލު ކޮށްދެއްވުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށް ވަނީ ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމްކޮށްދެއްވާ އެ ރަށްތަކަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދެއްވުމަށް ނަލަ ރީތި ބަދަރުތައް ހައްދަވައި ދެއްވާފައެވެ.

ރައީސް ޞާލިޙް ތަޢާރަފް ކުރެއްވި "ކުދިރަށެއް-ބޮޑުރަށެއްގެ" ސިޔާސަތުގެ ދަށުން ރާއްޖޭގެ ގިނަ ސްކޫލުތަކެއްގައި މަލްޓިޕާރޕާސް ހޯލުތަކާއި، ކުލާސްރޫމްތައް އިތުރުކުރެވި އަދި މިހާރުވެސް މި ފަދަ މަސައްކަތްތައް ކުރެވެމުންދާއިރު ރާއްޖޭގެ ސިއްޙީ ނިޒާމަށްވަނީ އިންގިލާބީ ބޮޑު ބަދަލެއް ގެންނަވާފައެވެ. ވަކިން ހާއްޞަކޮށް މީގެ ކުރިން ހަވާސާއިން ބޭރުކޮށްލެވިފައިވާ ކުދި ކުދި އާބާދީތައް އެކުލެވޭ ރަށްތަކުގައި ހިމެނޭ ސިއްޙީ މަރުކަޒުތަކަށް ވަނީ އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެންނަވާފައެވެ.

މިއަދު މިފަދަ ކުދި ރަށްރަށުގައި ދިރިއުޅޭ ރަށްޔިތުމީހާ ތެލެސީމިއާ ކުދިންނަށް ލޭ އެޅުމަށް ގާތުގައިވާ ބޮޑަތި ރަށްތަކަށް ދާންޖެހޭ ތަކުލީފު ބޮޑު ދަތުރުތައް ކުރަން ނުޖެހި އަމިއްލަ ފަސްގަނޑުގައި ތިބެގެން މިފަދަ ޚިދުމަތް ލިބެންހުރުމީ މިކަމުގެ ކުޑަކުޑަ މިސާލެކެވެ. މީގެ ކުރިން ބަލިވެ ހަސްފަތާލަށް ގެންދަން ޖެހޭ ބަލި މީހާ އަތްދަނޑިމަތީގައި ނުވަތަ ވީލުބަރޯ އެއްޗެހީގައި އުފުލި ޒަމާންވަނީ މާޒީގެ ތެރެއަށް ދޫކޮށް ލައްވާފައެވެ. މިއަދު ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ބަލި މީހުން އުފުލުމަށްޓަކައި އެންމެ ޒަމާނީ އެންބިޔުލާންސެއް އެރަށެއްގައި އޮތުމީ އަދުގެ ރައީސުލް ޖުމުހުރިއްޔާގެ "ކުޑަރަށެއް-ބޮޑުރަށެއް" ތަފާތު ނުކުރެއްވުމުގެ އެންމެ އަލިގަދަ އެއްހެއްކެވެ.

"ކުދިރަށެއް - ބޮޑު ރަށެއް" ބެލުމެއް ނެތި ރާއްޖެއަށް ތަރައްޤީ ގެންނެވި ރައީސް އިބުރާޙިމް މުހައްމަދު ޞާލިޙް / ފޮޓޯ: އެމްޑީޕީ

މިހުރިހާ ސަބަބުތަކެއް މިހެން ހުރުމާއިއެކު އަޅުގަނޑުމެން ދިވެހި އެންމަހައި ލޮބޮބުވެތި ރައްޔިޔުންވެސް މިމަހުގެ 30 ގައި މި އޮންނަ ރިޔާސީ އިންތިޙާބުގެ ދެވަނަ ބުރުގައި ވޯޓްލުމުގައި ވަރަށް ފުންކޮށް ވިސްނާލަން އެބަޖެހެއެވެ. އަޅުގަނޑުމެން ފަދަ ކުދި ޖަޒީރާ ރަށްތައް ބާކީކޮށް ނުލައްވާ އަދި ހަވާސާއިން ބޭރުކޮށް ނުލައްވާ ތަރައްޤީ އާއި ކުރިއެރުން ގެނެސް ދެއްވި "ކުދިރަށެއް-ބޮޑުރަށެއް" މި ޝިޢާރު ގެންނެވި ބާނީ (ރައީސް އިބުރާޙިމް މުޙައްމަދު ޞާލިޙް) ދެވަނަ ދަޢުރަކަށް އިންތިހާބު ކުރަން ޖެހެއެވެ.

އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި މި މަހުގެ 30 ވަނަ ދުވަހު ދިވެހި އެންމެހައި ރައްޔިތުން މި ނިންމެވުން ނިންމަވާ ކުރިއަށް އޮތް ދައުރުގެ ރައީސުލް ޖުމުހުރިއްޔާ ކަމުގެ މަޤާމަށް އަދުގެ ރައީސުލް ޖުމުހުރިއްޔާ ރައީސް އިބުރާޙިމް މުޙައްމަދު ޞާލިހް އިންތިހާބު ކުރައްވާނެއެވެ.  



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.