ފ. އަތޮޅު ---

ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި މަސައްކަތްކުރީ، ފ. ވިއްކާލަން، ވެރިކަން ލިބިއްޖެނަމަ ދެން ކޮން އަތޮޅެއް؟

ބުރާސްފަތި 28 ސެޕްޓެމްބަރ 2023 | މޫސަ

ރައީސް ޢަބުދުﷲ ޔާމީންގެ ވެރިކަމުގައި އެތައް ޚިޔާނާތައި އެތައް ވައްކަމެއް ހިނގައި ދިޔައެވެ. ނިޒާމްގެ ތެރެއިން ރޭވިގެން ކުރިވައްކަންތައް ފަޅާއެރީ އޭގެ މާލީ މަންފާތައް ބައިވެރިންގެ މެދުގައި ބެހުމުގައި ޖެހުނު މައްސަލަތަކާއި އެކުގައެވެ. އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތާއި އަޅާބަލާއިރު، ޤާނޫނު އަސާސީއާ ޤާނޫނުތައް ބަދަލުކޮށްގެން ނިޒާމުގެ ތެރެއިން ރޭވިގެން ފ. އަތޮޅު ވިއްކާލަށް ރައީސް ޔާމީނުގެ ސަރުކާރުން ކުރެއްވި މަސައްކަތަކީ މާނުުރައްކާތެރި މަސައްކަތެވެ.

Advertisement


ޕީޕީއެމްގެ ވެރިކަމުގައި ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި، ގެނައި އެބަދަލަކީ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުގެ ފައިސާ ބަހައިގެން ގެނައި ބަދަލެއްކަމާއި މެދު ދިވެހިރައްޔިތުން ދެބަހެއް ނުވެއެވެ. އެސްއީޒެޑްގެ ޤާނޫނަކީ، ވެސް އެގޮތަށް ގެނައި އިސްލާހެކެވެ.

ސަޢޫދީ ޝާހީއާއިލާއަށް ފ. ހިމިއްޗާއި އެކު، ފ އަތޮޅު ދާއިމަށް ވިއްކާލައި، އެއަތޮޅު ސަޢޫދީ ޝާހީއާއިލާއަށް މިލްކު ކޮށްދިނުމަށް ރައީސް ޔާމީނުގެ ސަރުކާރުން ކުރި މަސައްކަތް ހުއްޓުވީ، އިދިކޮޅު ފަރާތްތަކުންނެވެ.

ހިޔާ ފްލެޓްތަކަކީ، ފ. އަތޮޅުގެ މީހުން ހުޅުމާލޭގައި ވަޒަންވެރި ކުރުވުމަށް ފެށި މަޝްރޫޢުއެކެވެ. އެވާހަކަ އޭރު ފ. އަތޮޅުގެ ރައްޔިތުން ގާތުގައި، ޔާމީނުގެ ސަރުކާރުގެ އިސްބޭބޭފުޅުން ވަޑައިގެން ދެއްކެވި ވެސްމެއެވެ.

ފ. ވިއްކާލުމުގެ ރޭވުންތައް ހިނގަމުން ދިޔައިރު، ނަގުދު ފައިސާއިން ސަޢޫދީ އަރަބިއްޔާއިން ރައީސް ޔާމީނުގެ ސަރުކާރަށް ޑޮލަރުވެސް ގަތެވެ. ކިންގ އަބްދުﷲ އަވަހާރަވުމުގެ ކުރިން، ވަލީ އަޙްދަކަށް ހުންނެވި، އަދި މިހާރުގެ ސަލްމާން ރަސްގެފާނުވެސް ރާއްޖެ ވަޑައިގަތެވެ. އަދި އެމަނިކުފާނުގެ ދަރިކަލުން މުހައްމަދު ބިން ސަލްމާންވެސް ރާއްޖެ ވަޑައިގެން ފ. އަތޮޅަށް ދެފަހަރެއްގެ މަތިން ޒިޔާރަތް ކުރެއްވިއެވެ.

ޚުދު ރައީސް ޔާމީނުވެސް އެއްބަސްވެ ވަޑައިގެންފައިވާ ގޮތުގައި އެމަނިކުފާނުގެ ސަރުކާރުން ބޭނުންވީ، ސަޢޫދީ ޝާހީއާއިލާއަށް ފ. އަތޮޅު މިލްކުކޮށް ދިނުމަށެވެ. އެމަޝްރޫޢުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ފައިސާގެ ޖުމުލަ އަދަދު ވިދާޅު ނުވިޔަސް އެއީ މުޅި މިސަރަހައްދުގައި ހިންގާނެ ޢުމްރާނީ ތަރައްޤީގެ އެންމެ އަގުބޮޑު މަޝްރޫޢަށް ވާނެ ކަމުގައި ރައީސް ޔާމީން އޮތީ ވިދާޅުވެފައެވެ.

ސަޢޫދީ އަރަބިއްޔާގެ ރަސްކަމަށް ސަލްމާން ބިން ޢަބުދުލް ޢަޒީޒް އިސްކުރެވުމަށްފަހުގައި އެރަސްގެފާނު ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށްވެސް ހަމަޖެއްސެވިއެވެ. އެކަމަށް ރައީސް ޔާމީނުގެ ސަރުކާރުން ވަރަށް ބޮޑަށް ތައްޔާރުވެސް ވިއެވެ. އެހެން ނަމަވެސް ފަހު ވަގުތުގައި ދަތުރުފުޅު ކެންސަލް ކުރެއްވީއެވެ. ފ. ވިއްކާލުމާއި ދެކޮޅަށް ރައްޔިތުން ކެކިއަރައި ގަތުމުން ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބުދުލްޢަޒީޒުވެސް އަދި ވަލީ އަޙްދު މުޙައްމަދު ބިން ސަލްމާންވެސް އޭގެފަހުން ރާއްޖެ ވަޑައެއް ނުގަތެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި ރާއްޖެއިން ޤަޠަރާއި ގުޅުން ކަނޑާލިއެވެ. އީރާނާ ސިޔާސީ ގުޅުން ކަނޑާލިއެވެ. އެއީވެސް ފ. ވިއްކާލުމުގެ މަޝްވަރާތައް ހިނގަމުން ދިޔައިރު ސަޢޫދީ ރަސްކަމުގެ ފަރާތުން އެދިގެން ރައީސް ޔާމީނުގެ ސަރުކާރުން ކުރި ކަންކަމެވެ.

މިނިވަންކަމާއި ހުއްރިއްޔަތުގެ ވާހަކައާ އިންޑިއާ އާ ދެކޮޅު ވާހަކަތައް ފަތުރައިގެން އަލުން ވެރިކަމަށް އަންނަން މަސައްކަތް ކުރާއިރު، ޕީޕީއެމްގެ ވެރިކަމަކީ، ދިވެހި ޤައުމަށް އެންމެ ބޮޑު ޚިޔާނާތްވީ ވެރިކަމެވެ. ރާއްޖޭގެ އަތޮޅެއް ބަޔަކަށް މިލްކު ވާގޮތަށް ވިއްކާލަން މަސައްކަތް ކުރި ވެރިކަމެވެ. ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައްޗަށް ފައިސާދޭ ޤައުމުތައް އިސްވި ވެރިކަމެވެ. އެފަދަ ވެރިކަމެއް ދެން ދިވެހިން ބޭނުމެއް ނުވާނެއެވެ. 




 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.