އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ޒަޚަމްވެފައިވާ ކުޑަކުއްޖެއް ---

އިޒްރާއީލުން ދެމުންދާ ހަމަލާތަކުގައި ޝަހީދުވި ފަލަސްޠީނު މީހުންގެ އަދަދު 7000 ވުރެ މަތިވެއްޖެ

ހުކުރު 27 އޮކްޓޯބަރ 2023 | މޫސަ

ހައްދު ފަހަނައެޅި ޞަހްޔޫނީ ދައުލަތް އިޒްރާއީލުން ފަލަސްޠީނުގެ ގައްޒާއަށް ވައިގެމަގުން ދެމުންދާ ހަމަލާތަކަށް 19 ދުވަސް ވީއިރު، އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 7326އަށް އަރައިފިއެވެ.

Advertisement


އދ.ގެ އިންސާނީ އެހީދޭ ޖަމާޢާތް، ޔުނައިޓެޑް ނޭޝަން ރިލީފް އެންޑް ވޯކްސް އެޖެންސީން ކޮންމެ ދުވަހަކު އާއްމުކުރަމުންދާ ތަފާސް ހިސާބުތަކުގައި ވާގޮތުން، އިއްޔެގެ ނިޔަަލަށް ޣައްޒާއިން، 6،546 މީހުން މަރުވެފައިވާ ކަމަށާއި މަރުވި މީހުންގެ ތެރެއިން 2،704 މީހުންނަކީ ކުޑަކުދިންނެވެ. އަދި އޭގެ ތެރޭގައި 1584 އަންހެނުންނާއި، އުމުރުން ދުވަސްވީ 364 މީހުންވެސް ހިމެނެއެވެ. އަދި ހަމަލާތަކުގައި މިހާތަނަށް 17439 މީހުން ވަނީ ޒަޚަމްވެފައެވެ.

މީގެ އިތުރުން އިޒްރޭލުން ހުޅަނގު އައްސޭރިއާ އިރުމަތީ ޤުދުސްގައި ދެމުންދާ ހަމަލާތަކުގައިވެސް ފަަލަސްޠީނުގެ އެތައް ބަޔަކު ދަނީ ޝަހީދުކުރަމުންނެވެ. މިގޮތުން އިއްޔެވެސް ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ 3 މީހަކު ޝަހީދުކޮށްލައި، 21 މީހުން ޒަޚަމްކޮށްލާފައިވެއެވެ. އެއީ ހުޅަނގު އައްސޭރީގެ ޖެނިން ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއެކެވެ.

 އދ.ގެ އިންސާނީ އެހީދޭ ޖަމާޢާތް، ޔުނައިޓެޑް ނޭޝަން ރިލީފް އެންޑް ވޯކްސް އެޖެންސީން ބުނެފައިވަނީ ގައްޒާގެ ހާލަތު ވަރަށް ނާޒުކު ކަމަށާއި އިޒްރާއީލްގެ ހަމަލާތަކުގައި މަރުވާ މީހުންނަށްވުރެ، އިޒްރޭލުން ގައްޒާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ގިނަވެދާނެ ކަމަށެވެ. އިޒްރޭލުން ގައްޒާ ބަންދުކޮށް ފެނާއި ކަރަންޓާއި މުވާސަލާތީ ޚިދުމަތްތައް ވަނީ ކަނޑާލާފައެވެ. އަދި ޣައްޒާއަށް ކާބޯތަކެއްޗާއި ތެލާއި ބޭސް ވެއްދޭނެ މަގުތައްވެސް އިޒްރާއީލުން ވަނީ ބަންދުކޮށްފައެވެ. އިޒްރާއީލުން ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް ހަނގުރާމައިގެ އެންމެ ބޮޑެތި ޖަރީމާތައް ދަނީ ހިންގަމުންނެވެ. އެހެން ނަމަވެސް އެކަމާއި ދެކޮޅަށް ހުޅަނގާއި އަރަބި ޤައުމުތަކުން އެއްވެސް ފިޔަވަޅެއް ނާޅައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.