ޑރ. މުއިއްޒުގެ ކެބިނެޓްގައި ހިމެނިލައްވާ މެމްބަރުން / ފޮޓޯ:ރައީސް އޮފީސް

ރައީސުލް ޖުމުހުރިއްޔާ ޑރ. މުއިއްޒުގެ ކެބިނެޓަށް ރުހުން ހޯދުމަށް މަޖިލިސްއަށް

ހޯމަ 20 ނޮވެމްބަރ 2023 | އަހުމަދު ދާއޫދު

ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ މަނިކުފާނުގެ ކެބިނެޓަށް އައްޔަންކުރައްވާފައިވާ 22 ބޭފުޅުންނަށް ރުހުން ހޯދުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

Advertisement


ދިވެހިރާއްޖޭގެ ޖުމުހުރިއްޔާގެ 8 ވަނަ ރައީސްގެ ގޮތުގައި މިދިޔަ ހުކުރު ދުވަހުގެ ހަވީރު ހުވާކުރެއްވި ރައީސް މުއިއްޒު ވަނީ އެ ރޭ އެ މަނިކުފާނުގެ ކެބިނެޓް އައްޔަންކުރައްވާފަ އެވެ.

ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ މަނިކުފާނުގެ ކެބިނެޓަށް އައްޔަންކުރައްވާފައިވާ 22 ބޭފުޅުންނަށް ރުހުން ހޯދުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވިކަން ހާމަކޮށްފައިވަނީ ރައީސުލް ޖުމުހުރިއްޔާގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައެވެ.

މިގޮތުން ރުހުން ހޯދުމަށްޓަކައި މަޖިލިސްއަށް ފޮނުވާފައިވަނީ މިނިސްޓަ އޮފް ޑިފެންސް: ގަައްސާން މައުމޫނަށާއި،

މިނިސްޓަ އޮފް ފޮރިން އެފެއާޒް: މޫސާ ޒަމީރަށާއި، މިނިސްޓަ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ: އަލީ އިހުސާނަށާއި، ބަންޑާރަ ނައިބު: އަހްމަދު އުޝާމަށާއި، މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް: މުހައްމަދު ސައީދަށައި، މިނިސްޓަ އޮފް ފިނޭންސް: ޑރ. މުހައްމަދު ޝަފީީގަށާއި ، މިނިސްޓަ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް: ޑރ. އަލީ ހައިދަރު އަހުމަދަށާއި، މިނިސްޓަ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ: ތޯރިގް އިބްރާހިމަށާއި، މިނިސްޓަ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ: ޑރ. އަބްދުﷲ މުއްތަލިބަށާއި، މިނިސްޓަ އޮފް ހެލްތު: ޑރ. އަބްދުﷲ ހަލީލަށާއި، މިނިސްޓަ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން: އަބްދުﷲ ރާފިއަށާއި، މިނިސްޓަ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް: އިބްރާހިމް ވަހީދަށާއި، މިނިސްޓަ އޮފް އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއާ: ޑރ. އައިޝަތު ރަމީލާއަށާއި، މިނިސްޓަ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސް: އާދަމް ޝަރީފް އުމަރަށާއި، މިނިސްޓަ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން: މުހައްމަދު އަމީނަށާއި، މިނިސްޓަ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް: ޑރ. އައިޝަތު ޝިހާމަށާއި، މިނިސްޓަ އޮފް ޓޫރިޒަމް: އިބްރާހިމް ފައިސަލަށާއި، މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް: ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށާއި، މިނިސްޓަ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް: އަހްމަދު ޝިޔާމަށާއި، މިނިސްޓަ އޮފް އެޑިއުކޭޝަން: ޑރ. އިސްމާއިލް ޝަފީއުއަށާއި، މިނިސްޓަ އޮފް ހަޔަ އެޑިއުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް: ޑރ. މަރިޔަމް މާރިޔާއަށާއި އަދި މިނިސްޓަ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަ އެންޑް ހެރިޓޭޖް: އާދަމް ނަސީރު އިބްރާހީމަށެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ)ގެ ދަށުން، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖެހެ އެވެ. ވަޒީރުންނަށް މަޤާމުގައި ދެމި ތިބެވޭނީ މަޖިލިސްގެ ރުހުން ލިބިގެންނެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.