އެކްސިޑޭންޓުގައި އަނިޔާވި 2 މީހަކަށް ފަރުވާ ދެމުން ގެންދަނީ ވެންޓިލޭޓަރުގައި / ފޮޓޯ؛އައިޖީއެމްއެޗް

ނުރައްކާތެރި އެކްސިޑެންޓެއް - 3 މީހެއްގެ ހާލުވަރަށް ސީރިއަސް

ބުރާސްފަތި 30 ނޮވެމްބަރ 2023 | އަހުމަދު ދާއޫދު

ރޭގެ ވަގުތެއްގައި މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑޭންޓަކާއި ގުޅިގެން ހާލު ސީރިއަސްވި 3 މީހަކަށް ވެންޓިލޭތަރުގައި ފަރުވާދެމުން ގެންދާކަމަށް ފުލުހުންގެ ޢިދާާޢިން ހާމަކޮށްފިއެވެ.

Advertisement


މި އެކްސިޑެންޓާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ށާވިސްއިން މިއަދު ބުނެފައިވަނީ މިނުރައްކާތެރި އެކްސިޑެންޓު ހިނގާފައިވަނީ ރޭ 11:26 ހާއިރު ވިލާ ކޮލެޖް ކުރިމަތީގައި ދެ ސައިކަލެއް ޖެހިގެން ކަމަށެވެ. އަދި މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިފައި ވަނީ ދެ ސައިކަލް ތިބި މީހުންނަށް ކަމަށެވެ.

މި އެކްސިޑެންޓާއި ގުޅިގެން ސީރިއަސް އަނިޔާ ލިބުނު ފަރާތްތަކަށް މި ވަގުތު އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންގެންދަނީ 2 ފިރިހެނަކަށާއި އެއް އަންހެނަކަށް ކަމަށެވެ. މިތިން މީހުންގެ ހާލުވެސް ވަރަށް ސީރިއަސް ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ތެރެއިން އަނިޔާ ލިބުނު 2 ފިރިހެނުންނަށް ފަރުވާ ދެމުން ގެންދަނީވެސް ވެންޓިލޭޓަރުގެ އެހީގައެވެ.

މިފަހަކަސް އައިސް ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވެފައިވާ އިރު މިދިޔަ ހަފުތާގެތެރޭގައި ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިންޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދެމަފިރިންގެ ތެރެއިން ފިރިމީހާ ވަނީ މިދިޔަ އަންގާރަ ދުވަހު ނިޔާވެފައެވެ.

މީގެ އިތުރުންވެސް މިފަދަ ނުރައްކާތެރި އެކްސިޑެންޓުތަކުގައި ގެއްލުން ލިބިފައިވާ ފަރާތްތަަކަށް މިހާރުވެސް ހޮސްޕިޓަލުތަކުގައި ފަރުވާދެމުން ދާއިރު މީގެތެރެއިން ބައެއް ފަރާތްތަކުގެ ހާލަތުވަނީ ނާޒުކުފައްތަރެއްގައެވެ.  



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.