ޝާކިރުބެ އަކީ ފަންނާނުންގެ އެކުވެރިއެއް

ޝާކިރުބެ ނިޔާވެއްޖެ

އަންގާރަ 27 ފެބްރުއަރީ 2024 | އަހުމަދު ދާއޫދު

ދިވެހި ފިލްމުތަކާއި ޓެލެޑްރާމާތަކުން އާންމުންގެ މަގުބޫލުކަން ހޯދި އިބްރާހިމް ޝާކިރު (ޝާކިރުބެ) ރޭ ނިޔާވެއްޖެއެވެ.

Advertisement


މަޢުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 85 އަހަރުގެ، ޝާކިރުބެ ނިޔާވެފައިވަނީ ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

ޝާކިރުބެއަކީ ނުވަދިހާގެ އަހަރުތަކުން ފެށިގެން ދިވެހި ގިނަ ފިލްމުތަކަކުން ފެނިގެން ގޮސްފައިވާ ދިވެހިން ދަންނަ ފަރިތަ މޫނެކެވެ. ފިލްމު ކުޅުމުގެ އިތުރުން ޝާކިރުބެ ވަނީ ޓީވީއެމުން ރޯދަމަަހަށް ހާއްޞަކޮށްގެން ގެނެސްދޭ މުހައްމަދުރަސޫލުﷲ ގައި ހިމެނޭ މުހިންމު ބައެއް ކެރެކްޓާތަކަށް ޝާކިރުބެގެ އަޑުވެސް އަޅަދީފައެވެ.

ޝާކިރުބެ އަކީ ވަރަށް ގިނަދުވަސްތަކެއް ވަންދެން ޓެލެވިޒަން މޯލްޑިވްސް، ޓީވީއެމްގައި މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ. އެގޮތުން ޓީވީއެމްގެ ޑިޔުޓީ އޮފިސަރެއްގެ ވަޒީފާގައި ހުންނަވައިގެން ގަހާއި ބަގީޗާ ހެއްދެވުމަށް އިސްނަންގަވައި، ޓީވީއެމް ޒީނަތްތެެރިކުރުމުގައި ހިލޭ ސާބަހަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވިއެވެ. އަދި ޝާކިރުބެ ވަނީ ޓީވީއެމްގެ ޑްރާމާތަކާއި ފިލްމުތަކުގައި ހިލޭ ސާބަހަށް ބައިވެރިވެދެއްވާފައެވެ.

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމްގެ ބައްޕާފުޅު 35 އަހަރަށް ވުރެ ގިނަދުވަހު ސަރުކާރަށް ޚިދުމަތް ކޮށްެދެއްވާފައި ވެއެވެ.

މަރުހޫމް ޝާކިރުބެގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު މަސްޖިދުލް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ މިސްކިތް) އެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.