އެއާރޕޯޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ:އެމްޓީސީސީ

ކެންޕޭނާއި ދިމާކޮށް ފަސް ރަށެއްގައި އެއާޕޯޓް އެޅުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފި

ހުކުރު 19 އޭޕްރީލް 2024 | އަހުމަދު ދާއޫދު

ކުރިއަށް އޮތް ރައޔިތުން މަޖިލިހުގެ ކެންޕޭނާއި ދިމާކޮށް ފަސް ރަށެއްގައި އެއާޕޯޓް އެޅުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ.

Advertisement


ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، ށ. މިލަންދޫ، ށ. ބިލެތްފަހި، ށ. ކޮމަންޑޫ، ތ. ގުރައިދޫ އަދި ތ. ވިލުފުށީގައި އެއާޕޯޓް އެޅުމަށެވެ. މި އެއްބަސްވުންތަކުގެ ދަށުން މި ފަސް ރަށުގައި އެއާޕޯޓް އެޅުމާއި ސަވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ ހެދުމުގެ މަސައްކަތް ކުރާނެއެވެ.

ގުރައިދޫ އެއާޕޯޓްގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރު އަހްމަދު ލަތީފެވެ.

ވިލުފުށި އެއާޕޯޓްގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރު އަހްމަދު ލަތީފެވެ.

ކޮމަންޑޫ، މިލަންދޫ، ބިލެތްފަހި އެއާޕޯޓްގެ އެއްބަސްވުމުގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ނަޒީމެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.