މެޑަމް ފަޒުނާ އަޙްމަދު / ފޮޓޯ:އެމްޑީޕީ

އެމްޑީޕީއަކީ އިސްލާހީ މަސައްކަތްތައް ކުރުމުގައި ނަމޫނާޕާޓީއެއް: މެޑަމް ފަޒުނާ

ހޮނިހިރު 20 އޭޕްރީލް 2024 | އަހުމަދު ދާއޫދު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ އިސްލާހީ މަސައްކަތްތައް ކުރުމުގައި ނަމޫނާ ޕާޓީއެއްކަމަށް ކުރީގެ ރައީސުލްޖުމުހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލީހްގެ އަނބިކަބަލުން މެޑަމް ފަޒުނާ އަޙްމަދު ވިދާޅުވެއްޖެއެވެ. މާދަމާ ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލިސް އިންތިހާބަށް ތާޢީދު ހޯދުމަށް އެމްޑީޕީގެ ފަރާތުން ކުރިއަށް ގެންދިޔަ މަގުމަތީ ހިނގާލުމުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން މެޑަމް ފަޒުނާ ވިދާޅުވީ އެމްޑީޕީއަަކީ އަބަދުވެސް އިސްލާހައްޓަކައި މަސައްކަތް ކުރަމުން އަންނަ ސިޔާސީ ޕާޓީއެއް ކަމަށެވެ.

Advertisement


މިފަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓުންގެ ތެރެއިން ގިނަ ބޭފުޅުން ނަކީ އިޖުތިމާއީ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވަމުން އަންނަ ފަރާތްތައްކަން މެޑަމް ފަޒުނާ ފާހަގަ ކުރެއްވިއެވެ.

"އިފްހާމް އަށް ބެލިޔަސް އުޅުއްވާ ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރުމުގައި. އަދި އައްޑޫ ހިސާބަށް ބެލިޔަސް ކެނޑިޑޭޓުން އެބަ އުޅުއްވާ ޑްރަގް ރިހިބިލިޓޭޝަން ފަދަ ކަންކަމުގައި. އިޖުތިމާއީ ގޮތުން ވެސް އިސްލާހުކުރުމަށް، އިސްލާހީ ކަންކަމަށް އެމްޑީޕީ އިން އަޅާ ބާރު އަޅުގަނޑަކަށް ފެނިގެނެއް ނުދޭ އެހެން ޕާޓީއަކުން އަޅާތަނެއް. އެގޮތަށް ވިސްނިޔަސް ތިލަފަތަށް ވޯޓުދެއްވުން އެންމެ މުހިންމީ." މެޑަމް ފަޒުނާ ވިދާޅުވިއެވެ.

މެޑަމް ފަޒުނާ ވިދާޅުވީ ރައްޔިތުންގެ މަޖިލިހަށް ބޭނުން ވަނީ ދަރުމައަށް މަސައްކަތް ކޮށްދޭ އިޖުތިމާޢީ ގުޅުން ބަދަހި ހޭލުންތެރި ބޭފުޅުން ކަމަށާއި އެފަދަ ބޭފުޅުން އިންތިހާބު ކުރުމަށްޓަކައި އެމްޑީޕީއަށް ވޯޓް ދެއްވަން ޖެހޭކަމަށެވެ.   



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.