އެމްއެންޑީއެފުން ވަނީ ގެއްލުނު ދޯނި ހޯދާފައި / ފޮޓޯ:އެމްއެންޑީއެފް

ގެއްލުނު ދޯނި ހޯދައިފި، އެންމެންގެ ހާލު ރަނގަޅު

ހޮނިހިރު 20 އޭޕްރީލް 2024 | އަހުމަދު ދާއޫދު

ތިން މީހުންނާއި އެކު މަހަށް ނިކުމެ އުނޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ މ. މަޑުއްވަރީ "ފަރިހި 2" ދޯނި، އެމްއެންޑީއެފްގެ ޔޫއޭވީ ޑްރޯނާއި، ކޯސްޓްގާޑުގެ އުޅަނދުފަހަރު ބޭނުންކޮށްގެން ކަނޑާއި ވައިގެ މަގުން ކުރި މަސައްކަތުން ހޯދައިފިއެވެ.

Advertisement


މި ދޯނި ގެއްލިގެން އެމް.އެން.ޑީ.އެފްއަށް ރިޕޯޓްކޮށްފައިވަނީ ރޭ 22:06 ހާއިރުއެވެ.

އެމްއެންޑީއެފުން ކުރި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، މި ދޯނި ފެނިފައިވަނީ މ. ރަތްމަންދޫގެ 23 ނޯޓިކަލް މޭލު ބޭރުންކަމަށާއި، އަދި، ދޯނި ފެނުނުއިރު ދޯނީގެ އިންޖީނު ވަނީ ހުއްޓިފައި ކަމަށެވެ. މި ދޯނިން ދަތުރުކުރަމުންދިޔަ އެންމެންގެ ޙާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

" ގެއްލުނު ދޯނި ހޯދުމަށް އެމްއެންޑީއެފް އެއަރ ކޯރގެ ޢަސްކަރީ ޔޫއޭވީ އާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރު ބޭނުންކޮށްގެން ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފުން ކުރަމުންދިޔަ މަސައްކަތުން މިދޯނި ހޯދައިފި." އެމްއެންޑިއެފުން ކުރި އެކްސް ޕޯސްޓުގައި ބުނެފައި ވެއެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.