ފޭސް 2 ގެ ތަވަރަކަށް ގެންގޮސްގެން ފޭރުމުގެ ކަންތައްތަކެއް ބަޔަކު މީހުން ގެންދަނީ ހިންގަމުން

ހިޔާފުލެޓް ޓަވަރަކަށް ގެންގޮސްގެން ފޭރުމުގެ ކަންތައްގަނޑެއް ހިންގަމުން އެބަދޭ - ފުލުސް

އަންގާރަ 21 މެއި 2024 | އަހުމަދު ދާއޫދު

ހިޔާފުލެޓް ޓަވަރަކަށް ގެންގޮސްގެން ފޭރުމުގެ ކަންތައްތަކެއް ބަޔަކު މީހުން ހިންގަމުން އެބަގެންދާ ކަމަށާއި، އެކަންތައްތައް ތަހްޤީގު ކުރަމުންދާކަމަށް ދިވެހި ފުލުހުން ވިދާޅުވެއްޖެއެވެ.

Advertisement


ފުލުހުން ވިދާޅުވީ އެކި ވާހަކަ ދައްކައި ހައްދާލައިގެން ހުޅުމާލެ ފޭސް 2 ގެ ޓަވަރެއްގެ އެޕާޓްމަންޓަކަށް މީހުން ގެންގޮސް ފޭރޭ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި، އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލާ، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިކަންތަކާއި ގުޅިގެން ކާކުކަން ނޭނގޭ ނުވަތަ ގޮތް ނޭނގޭ މީހުން މިގޮތަށް ތަންތަނަށް ދާން އެދުނުނަމަވެސް ނުދިއުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ފުލުހުން މިފަދައިން ބުނެފައިވާއިރު ހިޔާ ވައިބާ ގްރޫޕެއްގައި ބުނެފައިވަނީ ފޭސް 2 ގެ ބައެއް ޓަވަރުތަކުގައި ދިރިއުޅެމުންދާ އަންހެނުންގެ ފަރާތުން ފިރިހެނުން ކިޑްނެޕް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާކަމަށެވެ. އެހެންކަމުން އެއްވެސް އަންހެނަކު ބުނެގެން އެޕާރޓްމަންޓަށް ނުދިއުމަށް އެމެސެޖްގައި އެދިފައިވާއިރު، ކުޑަކުދިންނާ މެދު އިތުރަށް ސަމާލުވުމަށްވެސް ވަނީ ވައިބާ ގްރޫޕުގައި ކުރި މެސެޖުގައި އެދިފައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.