ލިވަޕޫލްގެ އައު ކޯޗަކަށް ހަމަޖެއްސި ނެދަލޭންޑްސްގެ އާނޭ ސްލޮޓް

ލިވަޕޫލްގެ އައު ކޯޗެއްގެ ގޮތުގައި ނެދަލެންޑުގެ އާނޭ ސްލޮޓް ހަމަޖެއްސިކަން އިއުލާންކޮށްފި

އަންގާރަ 21 މެއި 2024 | އަހުމަދު ދާއޫދު

ލިވަޕޫލްގެ އައު ކޯޗަކަށް ނެދަލޭންޑްސްގެ އާނޭ ސްލޮޓް ހަމަޖައްސާ، ކުލަބުން އެކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

Advertisement


ކުލަބުން ނެރުނު ބަޔާނެއްގައިވަނީ، ސްލޮޓްގެ މޭސްތިރިކަމުގެ ދަށުން ޓީމުގެ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 1 ގައި ކަމަށެވެ. ލިވަޕޫލުން ރަސްމީކޮށް މިކަން ހާމަކޮށްފައިވަނީ ހޯމަދުވަހު އެވެ.

ނެދަލޭންޑްސްގެ ފެޔަނޫޑްގައި ސްލޮޓް ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. އޭނާ ލިވަޕޫލަށް ބަދަލުވީ ފެޔަނޫޑް އާއެކު ކާމިޔާބު ތިން ސީޒަން ހޭދަކުރުމަށްފަހު އެވެ. އޭނާ ވަނީ 2023 ވަނަ އަހަރުގެ ނެދަލޭންޑް ލީގު ކާމިޔާބުކޮށްފައެވެ. އަދި އެންމެ މޮޅު ކޯޗުގެ މަގާމު ދެ ފަހަރެއްގެ މަތިން އޭނާ ހޯދިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ސްލޮޓް ލިވަޕޫލާ ހަވާލުވާނީ ތިން އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ލިވަޕޫލް އާއެކު އޭނާގެ ފުރަތަމަ މެޗަކަށް ވާނީ ޖުލައި 26 ވަނަ ދުވަހު ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗެވެ.

ގިނަ ބަޔަކު އަންނަނީ ލިވަޕޫލުގެ ކޯޗުކަމުގައި ކްލޮޕް ހޭދަކުރިއިރު އެ ޓީމަށް ހޯދައިދިން ކާމިޔާބީތައް ސްލޮޓްއަށް ތަކުރާރު ކުރެވިދާނެ ކަމާމެދު ސުވާލު އުފައްދަމުންނެވެ. ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލް ވަނީ އިނގިރޭސި ޕްރިމިއަރ ލީގާއި ޗެމްޕިއަންސް ލީގެއްވެސް ހޯދާފައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.