މިފްކޯގެ ސީއީއޯ ގެ މަޤާމުން ވަކިކުރި އަހްމަދު ސަމާހު ރަޝީދު / ފޮޓޯ:މިފްކޯ

މިފްކޯގެ ސީއީއޯގެ މަޤާމުން ސަމާހު ވަކިކޮށްފި

އަންގާރަ 21 މެއި 2024 | އަހުމަދު ދާއޫދު

މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަހްމަދު ސަމާހު ރަޝީދު އެ މަގާމުން ވަކިކޮށްފިއެވެ.

Advertisement


މިފްކޯގެ ސީއީއޯ މަޤާމުން އަހުމަދު ސަމާހު ވަކިކުރެއްވިކަން ހާމަކުރީ ސަރުކާރު ކުންފުނިތަކަށް ޑިރެކްޓަރުން އައްޔަންކޮށް، ވަކިކުރުމުގެ ބާރު އޮންނަ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީބީސީ) ބޯޑުން މިރޭ ކުރި "އެކްސް" ޕޯސްޓަކުންނެވެ.

ޕީސީބީން ބުނީ މިފްކޯގެ ސީއީއޯ މަޤާމުގައި ހުންނެވި އަހުމަދު ސަމާހު ރަޝީދު އެމަޤާމުންނާއި މިފްކޯގެ ބޯޑުގެ ޑިރެކްޓަރުކަމުން މިއަދުން ފެށިގެން ވަކިކޮށްފައިވާކަމަށެވެ. ނަމަވެސް އޭނާ މަޤާމުން ވަކިކުރެއްވި ސަބަބެއް ޕީސީބީން ހާމަކުރައްވާފައި ނުވެއެވެ.

މިފްކޯގެ ސީއީއޯ މަޤާމުން އަހުމަދު ސަމާހު ވަކިކޮށްފައިވާއިރު، މިދިޔަ މާޗުމަހުގެ ތެރޭގައި އޭނާ ވަނީ މަޤާމުގެ މަސްއޫލިއްޔަތުތަކުންވެސް އެކަހެރިކޮށްފައެވެ. ނަމަވެސް އޭޕްރީލްމަހު އޭނާގެ ސަސްޕެންޝަން ވަނީ އުވާލާފައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.