ފޮޓޯ: މެޓް އޮފީސް

މޫސުން ވަރަށް ގޯސް، ކަނޑުތައް ވަރަށް ގަދަވާނެ، ސަމާލުވޭ

ބުދަ 22 މެއި 2024 | އަހުމަދު ދާއޫދު

މިއަދާއި އަދި މާދަމާ ރާއްޖޭގެ ކަނޑުތައް އާދަޔާ ޚިލާފަށް ގަދަވާނެކަމަށް ލަފާކޮށް ، މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އިލްތިމާސްކޮށްފިއެވެ.

Advertisement


މިއަދު ހެނދުނު މޫސުމާބެހޭ އިދާރާއިން ޢާއްމުކުރި އިންޒާރުގެ ނޯޓިސްގައި ވާގޮތުން ބ އަތޮޅުން ވ އަތޮޅަށް ވަނި އޮރެންޖް އެލާޓެވެ. ގަޑިއަކު 34 މޭލާއި 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ބުނެފައިވާއިރު، ރާއްޖޭގެ ކަނޑުތައް ވަރަށް ގަދަވާނެއެވެ.

މޫސުމާ ބެހޭ އިދާރާއިން ކުރިން ހާމަކުރި ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު، އުތުރާއި މެދު ރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެއެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިތުރަށް ވިދާޅުވީ ހުޅަނގު މޫސުމުގައި ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން ވެސް އެކަށީގެންވާ ކަމަށެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.