ގޫގުލް ފޮޓޯ

ފެއިލް ވެދާނެތީ ފަސްޖެހެންތަ؟

އަންގާރަ 28 ޖުލައި 2020

ފެއިލްވުމަކީ ކާމިޔާބީގެ ބައެއްކަމަށް ޤަބޫލު ކުރެވޭ ހެއްޔެވެ؟ ނޫންނަމަ ކާމިޔާބު ކޮންމެ މީހަކީ ނާކާމިޔާބީގެ ރަހަ ދެކިފައިވާ މީހެއްކަމަށް ޤަބޫލު ކުރާނަން ހެއްޔެވެ؟ އާއެކެވެ. މިއީ ޙަޤީގަތެވެ. ފެއިލްވުމަކީ ކާމިޔާބު މީހަކަށްވުމަށް ކުރާ ދިގު ދަތުރުގެ މުހިންމު އެއްބައެވެ. އަދި ކުރާކަމަކުން ފުރިހަމަ ކާމިޔާބީއެއް ހޯދުމަށް މުހިންމު ދައުރެއް އަދާކުރާ މުދައްރިސެކެވެ.

Advertisement


ކާމިޔާބީއަށް ކުރާ ދިގު ދަތުރުގައި ތިމާ ހިތްނޭދުނަސް އުނދަގޫ އަދި ހިތާމަވެރި ވަގުތުތަކާއި ކުރިމަތިލާން ޖެހޭނެއެވެ. އެކަމަކު އެކަންކަމަކީ ތިމާ ބަލިކަށި ކޮށްލެވޭނެ ކަންތައްތަކެއް ގޮތުގައި ނުދެކޭށެވެ. އެއީ ކާމިޔާބު އަދި "ސްމާޓް" މީހަކަށް ތިމާ ބަދަލުކުރުމަށް ތަހައްމަލު ކުރަންޖެހޭ މުހިންމު ކަންތައްތަކެއް ގޮތުގައި ދެކޭށެވެ.

ކަމެއް ހާސިލްކުރުމަށް މަސައްކަތްކުރާއިރު އެކަން ނުވުމަކީ އެހާ ބޮޑު، ނޫނީ އެހާ ހިތްދަތިކަމެއް ހެއްޔެވެ؟ ނޫނެކެވެ. އެކަން ހިތްދަތިކަމަށްވާނީ، އެ ނާކާމިޔާބީގެ ސަބަބުން ކަމެއް ހާސިލްކުރުމަށް ހުރި ޝައުޤު ނެތި ގޮސް، ތިމާ ހުއްޓުމަކަށް އައުމުންނެވެ. ތިމާގެ ވިސްނުން ބަލިކަށިވެއްޖެ ނަމައެވެ. ހަގީގަތުގައި އެއީ ތިމާ ކުރިޔަށް ދިޔުމަށް ކޮށުނު އިތުރުމަގެއް ކަމުގައި ދެކޭށެވެ. އެއީ ހުޅުވިގެން ދިޔަ އިތުރު ދޮރެއްކަމުގައި ދެކޭށެވެ. ނުވަތަ އެއީ ތިމާގެ ހަޔާތުގަ ކުރިޔަށް އަންނަން އޮތް ގޮންޖެހުންތަކަށް ތިމާގެ ނަފްސު ތައްޔާރުކޮށްދިން ފިލާވަޅެއްގެ ގޮތުގައި ދެކޭށެވެ.

ފެއިލްވިޔަސް އެހިސާބުން ނިމުނީއެއް ނޫނެވެ. ހަޤީޤީ ނާކާމިޔާބީއަކީ ފެއިލްވުމުން އެކަމެއް ނުވާނެއޭ ހިތާ ދޫކޮށްލާ މީހާއެވެ. ގިނަ މީހުންނަށް އެމީހުންގެ އަމާޒަށް ވާސިލްނުވެވެނީ، ނާކާމިޔާބީގެ ސަބަބުން ކާމިޔާބުގެ އުއްމީދު ގެއްލުވާލާތީއެވެ. އެކަމަކު ތިމާއަކީ އޭގެން މީހަކު ކަމުގައި ނުވާށެވެ. އަމިއްލަ ނަފްސަށް އިތުބާރު ކުރާށެވެ. އަދި ފެއިލްވުމާއި ނުލައި ކުރިޔަށް ނުދެވޭނެކަން އަބަދުވެސް ހަނދާން ބަހައްޓާށެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.