ރާދޭ ޝާމްގެ ޓްރެއިލާރ ލޯންޗްކުރުމަށް ތައްޔާރުވަނީ--

"ރާދޭ ޝާމް"ގެ ޓްރެއިލާ ލޯންޗްކުރަން 40،000 ފޭނުންނާއިއެކު ހާއްސަ އިވެންޓެއް

ހޮނިހިރު 25 ޑިސެމްބަރ 2021 | ލަޒީނާ ޢަބްދުالله

އިންޑިއާގެ އެންމެ އަގުބޮޑު ފިރިހެން ތަރި ޕްރަބާސް އާއި ޕޫޖާ ހެގްޅޭ ފެނިގެންދާ "ރާދޭ ޝާމް" ގެ ޓްރެއިލާ ލޯންޗްކުރުމަށް ފޭނުންނާއިއެކު ހާއްސަ އިވެންޓެއް ބޭއްވުމަށް ނިންމައިފިއެވެ.

ހިންދީ، ތަމަޅަ، ތެލުގޫ އަދި މެލަޔާލަމް ބަހުން ތައްޔާރުކުރާ މި ފިލްމުގެ ޓްރެއިލާ ލޯންޗްކުރަން ބާއްވާ މި އިވެންޓްގައި 40،000 ފޭނުންނަށް ބައިވެރިވެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން މި އިވެންޓް ބޭއްވުމަށްޓަކައި ފިލްމުގެ ޕްރޮޑިއުސަރުން އަންނަނީ ހައިދަރުއާބާދުގެ ރާމޯޖީ ފިލްމު ސިޓީގައި މިކަމަށްޓަކައި ހާއްސަ ބޮޑު ސެޓެއް ހަދަމުންނެވެ.

Advertisement


އަންނަ މަހު 14ގައި ރިލީޒްކުރަން ނިންމާފައިވާ މިފިލްމުގެ ޓްރެއިލާ ލޯންޗްކުރަން ކުރިއަށް ގެންދާ އިވެންޓް ބޭއްވުމަށް ނިންމާފައިވަނީ ކޮވިޑާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް ކަށަވަރުކުރުމަށްފަހުގައެވެ. އެގޮތުން މި އިވެންޓަށް ވަދެވޭނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް އޮންނަ ފަރާތްތަކަށް އެކަންޏެވެ. މި ފިލްމު މިއަހަރު ރިލީޒް ކުރަން ނިންމި ނަމަވެސް، ފިލްމު ރިލީޒް ކުރެވޭ ގޮތްނުވީވެސް ކޮވިޑްގެ ސަބަބުންނެވެ.

ސައުތް އިންޑިއާގެ ފިލްމެއް ކަމަށްވާ "ބަހޫބަލީ" އިން މަޝްހޫރުކަން ލިބުނު ޕްރަބާޝްއާއި ޕޫޖާ ގެ އިތުރުން މި ފިލްމުން މުރްލީ ޝަރުމާ، ސަޗިން ކެޑޭކަރް، ބާގްޔާޝްރީ އަދި ކުނާލް ރޯއި ކަޕޫރުވެސް ފެނިގެންދާނެއެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.