
ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ދެކޮޅަށް ރައްޔިތުން ނުކުމެ ގުއާންޒޫ ހަލަބޮލިވެއްޖެ
ޗައިނާއިން ކޯވިޑް-19 އާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއި މެދު ޗައިނާގެ ގުއާންޒޫގެ އާއްމު ރައްޔިތުން ވަނީ މަގުތަކަށް ނުކުމެއްޖެއެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގުއާންޒޫގެ މަގުތަކަށް ނުކުން އާއްމުން ވަނީ، ފުލުހުންގެ ބެރިކޭޑްތައް ވެސް ފޫއަޅުވާލާފައެވެ. އެހެންނަމަވެސް މިކަމާއި ގުޅޭ ގޮތުން ޗައިނާ ސަރުކާރުން މީޑިއާތަކާއި އެއްވެސް ވާހަކައެއް ނުދައްކައެެވެ.
ޗައިނާއަކީ އެޤައުމުގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ގެންގުޅޭ ޤައުމަކަށް ވާއިރު، ދުނިޔޭގެ ބޮޑެތި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ، ފޭސްބުކާއި ޓްވިޓާފަދަ މަންސަތައް ޗައިނާގައި އޮންނަނީ މަނާކޮށްފައެވެ.
ކޯވިޑް-19 އާއި ގުޅިގެން 2019 ވަނަ އަހަރު އެޅި ފިޔަވަޅުތައް އަދިވެސް އެޤައުމުން ދޫކޮށެއް ނުލައެވެ. މިގޮތުން ކޯވިޑް-19ގެ ހާލަތު ކުރިމަތިވުމާއި އެކު ބޯޑަރުތައް ބަންދުކުރި ގޮތަށް އަދިވެސް ޗައިނާއިން މުޅިން ބޯޑަރުތައް ނުހުޅުވައެވެ.