ޖިރޫވެސް ވަނީ ޤައުމީ ޓީމަށް 51 ލަނޑު ޖަހައިދީފަ: ފޮޓޯ-ފީފާ

ޖިރޫގެ ރެކޯޑް ލަނޑު ތަކާއެކު ޗެމްޕިއަން ފްރާންސްގެ ފެށުން ބޮޑު މޮޅަކުން

ބުދަ 23 ނޮވެމްބަރ 2022 | އައުޓްރީޗް

ތަޖުރިބާކާރު ފޯވާޑް ޖިރޫޑްގެ ރެކޯޑް ލަނޑުތަކާއެކު، ދުނިޔޭގެ ޗެމްޕިއަން ފްރާންސުން ބޮޑު މޮޅަކުން ވަރލްޑް ކަޕް ފަށައިފިއެވެ.

Advertisement


ޤަތަރު ވަރލްޑްކަޕްގައި ފްރާންސްގެ ފުރަތަމަ މެޗު އޮސްޓްރޭލިޔާއާ ވާދަކޮށް ކާމިޔާބުކުރީ 4-1 ނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ އޮސްޓްރޭލިޔާއިންނެވެ. އެޓީމަށް ލަނޑު ޖަހައިިދިނީ ނުވަ ވަނަ މިނިޓްގައި ގުޑްވިންއެވެ. ފްރާންސަށް ނަތީޖާ ހަމަހަމަކޮށްދިނީ 27 ވަނަ މިނިޓްގައި ރެބިއޯއެވެ. ކުރި ހޯދައިދިނީ 32 ވަނަ މިނިޓްގައި ޖިރޫއެވެ. ތިންވަނަ ލަނޑު ޖެހީ އެމްބާއްޕޭއެވެ. ޖިރޫ ރެކޯޑް ލަނޑު ޖެހީ 71 ވަނަ މިނިޓްގައެވެ. މިލަނޑާއެކު ޖިރޫ ވަނީ ފްރާންސް ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ތިއަރީ އޮންރީގެ ރެކޯޑާ ހަމަކޮށް، އެރެކޯޑް މުގުރާލުމުގެ ފުރުޞަތު ހޯދާފައެވެ. ދެ ކުޅުންތެރިންވެސް ޤައުމީ ޓީމަށް ޖަހާފައިވަނީ 51 ގޯލެވެ. 

މުބާރާތުގައި މިރޭ ޓިއުނީޝިޔާއާއި ޑެންމާކް ވާދަކުރި މެޗާއި، މެކްސިކޯއާއި ޕޮލެންޑް ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ޕޮލެންޑަށް މޮޅުނުވެވުނު މެޗުގައި އެޓީމަށް ޕެނަލްޓީއެއްވެސް ލިބުނެވެ. އެކަމަކު ކެޕްޓަން ލެވާންޑޯސްކީ ޖެހި ޕެނަލްޓީ މެކްސިކޯ ކީޕަރު މަތަކުރީއެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.